ކިހާދޫ ސްކޫލުގެ ޕީޓީއޭ ޑިނަ ނައިޓް މިއަހަރުވެސް

2012 ވަނަ އަހަރު ކިހާދޫ ސްކޫލުގައި ބޭއްވި ޑިނަ ނައިޓްގެ ތެރެއިން
2012 ވަނަ އަހަރު ކިހާދޫ ސްކޫލުގައި ބޭއްވި ޑިނަ ނައިޓްގެ ތެރެއިން

ކިހާދޫ ސްކޫލުގެ ޕީ.ޓީ.އޭ ފަންޑަށް ފައިސާ ހޯދުމަށް 2010 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޑިނަ ނައިޓް ”ދިވެހި ސުފުރާ 2014 ” މިއަހަރުވެސް ބޭއްވުމަށް އެ ސްކޫލުގެ ޕީ.ޓީ.އޭ އިން ނިންމައިފި އެވެ.

ބ. އަތޮޅުގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ދިވެހި ރަހަތާކާއެކު ބާއްވަމުން އަންނަ މި ބޮޑު ޖާފަތަކީ، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ވަރަށްބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ހަރަކާތެއް ކަމަށް ކިހާދޫ ސްކޫލުން ބުންޏެވެ.

“ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ކިހާދޫގެ އާންމު ރައްޔިތުންނާއި ސްކޫލުކުދިން އަދި އަތޮޅުތެރޭގެ ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ އަހަރަކުވެސް މި ޑިނަ ނައިޓަށް ޒިޔާރަތް ކުރޭ” އެ ސްކޫލުން ބުންޏެވެ.

ކިހާދޫ ރައްޔިތުން ގުޅިގެން، އަތޮޅު ތެރޭގެ ބައެއް ރިސޯޓުތަކުގެ އެހީއާއި އެކު، އެތައްދުވަހެއްގެ ބުރަމަސައްކަތުން ބާއްވަމުން އަންނަ މި ހަރަކާތުގެ ސަބަބުން ކޮންމެ އަހަރަކުވެސް ބޮޑު އާމްދަނީއެއް އެ  ސްކޫލުގެ ޕީ.ޓީ.އޭ އަށް ލިބެއެވެ.

މިއަހަރުގެ ޑިނަ ނައިޓް އަންނަ މަހުގެ 4 ވާ ހުކުރު ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޑިނަރ ނައިޓުގެ ޓިކެޓެއްގެ އަގަކީ އެންމެ -/100 ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.