ބ. އަތޮޅުގެ އަތޮޅުވެރިކަމާއި ކަތީބުކަން ގިނަ ދުވަހު ކުރެއްވި، އޭދަފުށީ، ޗާނދަނީގޭ އަލްމަރްހޫމް، އިސްމާޢީލްކަލޭފާނުގެ ހުވަފަތް އަނބިކަބަލުން، އަދި ކްރައުންކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރުގެ މަންމަ، މަރިޔަމް މޫސާފުޅު(މަރިޔަމްފުޅު) އަވަހާރަވެއްޖެއެވެ.
އުމުރުން 83 އަހަރުގައި މަރިޔަމްފުޅު ނިޔާވީ ގިނަ ދުވަސްތަކަކު ބަލިވެއުޅުއްވުމަށްފަހު މިދިޔަ އާދީއްތަ ދުވަހު މާލޭގަ އެވެ.
މަރިޔަމްފުޅު ނިޔާވިއިރު 3 ފިރިހެން ބޭފުޅުންނާއި، 2 އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
ޖަނާޒާގެ ކަންތަކަށްފަހު މަރުޙޫމާ މަރިޔަމްފުޅު ވަޅުލައިފާވަނީ މާލޭ އާސަހަރާގައި އާދީއްތަ ދުވަހު އެވެ.
އަލްމަރުޙޫމާ މަރިޔަމްފުޅުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. ޢާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.
މަރުޙޫމާގެ ފުރާނައަށް ކީރިތި މޫރިތިﷲ ހެޔޮ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށް ދެއްވުން އެދި ދުޢާކުރަމެވެ. އަދި ޢާއިލާގެ މެމްބަރުންނަށް ކެތްތެރިކަން ދެއްވުން އެދި ނުހަނު އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.