ރަށްރަށުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ރިވިއުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ލޯކަލް ގަވަމެންޓް އޮތޯރިޓީން (އެލްޖީއޭ) އިން އިންތިޒާމްކޮށްގެން ބ އަތޮޅު ރަށްރަށުގެ ކައުންސިލް ތަކަށް އަމާޒުކޮށްގެން 2012 ވަނަ އަހަރުގެ ތަރައްޤީގެ ޕްލޭންނާ ފައިނޭންޝަލް ޕްލޭން ރިވިއު ކުރުމުއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.

މިމަހުގެ 11 އިން 12 އަށް އޭދަފުށީ ބަހިއްޔާ ޕްރީސްކޫލުގެ ޖަލްސާކުރާ މާލަމްގައި ބޭއްވި މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ އެލްޖީއޭ ގެ ޓެކްނިކަލް ބޭފުޅުންނެވެ.

މި މަސައްކަތު ބައްދަލުވުމުގައި ކައުންސިލް ތަކުން ތައްޔާރުކޮށްފައިވާ 2011 ވަނަ އަހަރުގެ ތަރައްގީގެ ޕްލޭނާ ފައިނޭންޝަލް ޕްލޭންގައި ހުރި މައްސަލަތައް ފާހަގަކޮށް އެ މައްސަލަތައް ޙައްލު ކުރާނެގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ދީފައިވެ އެވެ. އަދި ރަށްރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ޕީސީއެމް މެތަޑް ބޭނުންކުރާނެގޮތާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުމުގައި މިހާރަށްވުރެ ފަސޭހައިން މި ޕްލޭން އެކުލާވާލާނެ ގޮތްތަކާއިބެހޭ ގޮތުން މަޢުލޫމާތު ދީފައިވެ އެވެ.

މި ބައްދަލުވުމުގައި ބ އަތޮޅު ކަމަދޫ ފިޔަވައި އެހެން ކޮންމެ ރަށަކުން ކައުންސިލަރުންނާއި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.