ދަރަވަންދޫ ދެ ފިހާރައެއް ފަޅާލައި މުދަލާ ފައިސާތަކެއް ވަގަށް ނަގައިފި

 ދަރަވަންދޫ ފެމެލީ ޓްރޭޑާސް: އެތަން ފަޅާލައި 10،000 ރ. ވަނީ ވަގަށް ނަގާފައި ---- ސަން ފޮޓޯ: ކިޔުންތެރިއެއް
ދަރަވަންދޫ ފެމެލީ ޓްރޭޑާސް: އެތަން ފަޅާލައި 10،000 ރ. ވަނީ ވަގަށް ނަގާފައި —- ސަން ފޮޓޯ: ކިޔުންތެރިއެއް

ރޭގެ ވަގުތެއްގައި ބ. ދަރަވަންދޫ ދެ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި އެހެނިހެން ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.

ރޭގެ ވަގުތެއްގައި ވައްކަންކޮށްފައި ވަނީ އެރަށު “ފަހި ޓްރޭޑާސް” އާއި “ފެމެލީ ޓްރޭޑާސް” އިން ނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއް ފިހާރަ ފަޅާލި މައްސަލަ ހުށަހެޅިފައި ވަނީ ހެނދުނު 6:30 ގައި ކަމަށާއި އަނެއް ފިހާރަ ފަޅާލި މައްސަލަ ހުށަހަޅާފައި ވަނީ 9:00 ގައި ކަމަށެވެ.

ފުލުހުން ބުނީ އެ ދެ ފިހާރައިގެ ތެރެއިން “ފެމެލީ ޓްރޭޑާސް” އިން 10،000ރ. ވަގަށް ނަގާފައިވާއިރު، “ފަހި ޓްރޭޑާސް” އިން ވަގަށް ނެގި ތަކެތީގެ ތެރޭގައި ފަސް ފުޅި ބޮޑީ ސްޕްރޭ އާއި ހަ ފުޅި އާފްޓާ ޝޭވް ހިމެނޭ ކަމަށެވެ.

ފުލުހުން ބުނީ އެ ދެ ފިހާރަ ފަޅާލައި ވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.