ވަގަށް ނަގާއިފައިވާ ތަކެތި ހޯދައި 4 މީހަކު ހައްޔަރުކޮށްފި

އެހެން މައްސަލައެއްގައި ވަގަށްނަގާފައިވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއްތަކެތި -- ޕޮލިސް ފައިލް ފޮޓޯ
އެހެން މައްސަލައެއްގައި ވަގަށްނަގާފައިވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއްތަކެތި — ޕޮލިސް ފައިލް ފޮޓޯ

 

ބ. ދަރަވަންދޫ ދެ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައި ތުހުމަތުގައި ހަތަރު ފިރިހެނުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓްގައިވާ ގޮތުން، ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި  25 އަހަރުގެ މީހެއްގެ އިތުރުން  29 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އެ ދެފިހާރައިން ވަގަށް ނަގާފައިވާ ތަކެތި ހޯދާފައިވަނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ 4 މީހުން ދިރިއުޅެމުންދާ  5 ގެއަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެ އެ ގެތައް ބަލައިފާސްކުރުމުން އެ ގެތަކުގެ ތެރެއިންން ކަމަށެވެ. އެގޮތުން އެ ދެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ  -/300ރ (ތިން ސަތޭކަ ރުފިޔާ) އާއި 6 ބޮޑީ ސްޕްރޭ ފުޅިއާއި 5 އާފްޓަރ ޝޭވް ފުޅިއާއި 1 ކެމަލް ބްރޭންޑުގެ ސިނގިރޭޓް ކާޓޫނެއްގެ އިތުރުން -/10000ރ (ދިހަ ހާސް ރުފިޔާ) ވެސް ފެނިފައިވެ އެވެ.

މި މައްސަލަ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.