ހިސާންގެ ކެމްޕޭނަށް ރައީސް ނަޝީދު މިރޭ އޭދަފުއްޓަށް

ނަޝީދު ހިޝާންގެ ކެމްޕޭޏް ޖަގަހަ ހުޅުވައިދެއްވަނީ- މިރޭ ރައީސް ނަޝީދު އޭދަފުއްޓަށް ވަޑައިގަންނަވާނެ
ނަޝީދު ހިޝާންގެ ކެމްޕޭޏް ޖަގަހަ ހުޅުވައިދެއްވަނީ- މިރޭ ރައީސް ނަޝީދު އޭދަފުއްޓަށް ވަޑައިގަންނަވާނެ

އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީން ކެންޑިޑޭޓު އަލްއުސްތާޒާ ހިސާން ހުސައިނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝިދު މިރޭ އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްޑީޕީ އޭދަފުށީ ކެމްޕޭން އޮފީހުން ބުނީ ރައީސް ނަޝީދު އޭދަފުއްޓަށް ވަޑައިގަންނަވާނީ މިރޭ 7:00 އެހާކަންހާއިރު ކަމަށެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި މިރޭ އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހިސާން ހުސައިންގެ ކެމްޕޭން ޖަލްސާގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ.

ރައީސް ނަޝީދުގެ މި ދަތުރު އެމްޑީޕީގެ އިސް ބޭފުޅުންނާއި މިއަތޮޅުގެ ކެންދޭ ދާއިރާއަށް ކެމްޕޭން ކުރައްވަމުން ގެންދަވާ އަހްމަދު ތަސްމީން އަލީ އާއި ތުޅާދޫއަށް ކުރިމަތިލައްވާފައިވާ ނާޒިމް ރަޝާދުވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އެމްޑީޕީން ބާއްވާ މި ޖަލްސާ އޮންނާނީ މިރޭ 9:00 ގައި އޭދަފުށީ މާފޮޅޭގޭ ކަންމަތީގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.