އަމިއްލަ ދާއިރާ އަށް ވޯޓު ލެވޭ އެއްވެސް ކެންޑިޑޭޓަކު ނެތް!

ަމަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުން--ފައިލް ފޮޓޯ
ަމަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުން–ފައިލް ފޮޓޯ

ބޯމަތީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި ދާއިރާގެ ގޮނޑިއަކީ ވާދަވެރި ގޮނޑި އެކެވެ. ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވެމުން، ބައެއް މީހުންގެ ރުޅިގަނޑު ވަނީ ކޮންޓްރޯލުން ވެސް ނެއްޓިފަ އެވެ. މީޑިއާގެ ފޯރި މި ދާއިރާގެ ގަދަވެފައި އޮތްއިރު، މި ދާއިރާގެ ގޮނޑި މި ވަނީ ރަނަށް ވެ ނިމިފަ އެވެ.

މިއީ ތިން މީހުންގެ މެދުގައި ކުރެވޭ “ފިނި ހަނގުރާމަ”އެކެވެ. އެއީ، މިހާރުގެ މެމްބަރު ޕީޕީއެމްގެ އަހުމަދު ސަލީމާއި އެމްޑީޕީގެ ހިސާން ހުސެއިން އާއި އަމިއްލަ ކެންޑިޑޭޓް އަބްދުﷲ ޔަޒީދު (މުއާ) އެވެ. މި ތިން ބޭފުޅުންނަކީ ވެސް މި ދާއިރާ އަށް ނިސްބަތްވާ ތިން ބޭފުޅުންނެވެ. ތިން ބޭފުޅުން ވެސް އާއިލީ ގޮތުން ގުޅިވަޑައިގެންފައި އޭދަފުއްޓާ އެވެ. އެހެން ނަމަވެސް، ތިން ބޭފުޅުން ވެސް ރަޖިސްޓްރީވެފައި އޮތީ މާލޭގަ އެވެ. އެހެންވެ، މިފަހަރު މި ތިން ބޭފުޅުންނަށް ވެސް އަމިއްލަ ވޯޓު މި ދާއިރާ އަށް ލެވޭނެ ގޮތެއް ނެތް ކަމަށް ނިންމަމާ ހިނގާށެވެ.

އަހުމަދު ސަލީމް 

 ރެޑްވޭވް އަހުމަދު ސަލީމްގެ މަންމަ އާއި ބައްޕަ ވެސް އޭދަފުއްޓެވެ. އޭނާގެ އުފަންވީ މި ރަށު ދެވިނަގެ އަށެވެ. ބައްޕައަކީ އެ ގޭ އަބްދުއްރަހުމާން ހަސަން އެވެ. މަންމަ އަކީ އެ ގޭ އައިޝަތު އަލީ އެވެ. ނަމަވެސް އޭދަފުށީގެ ކަންތައްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތަސް، ވަރަށް ކުރިއްސުރެ ވެސް ސަލީމް ދިރިއުޅުއްވަމުން ގެންދަވަނީ މާލޭގަ އެވެ. އޭނާގެ އަމިއްލަ ގެދޮރު މާލޭގައި މިހާރު އެބަހުއްޓެވެ. ރަޖިސްޓްރީ ވެފައި ވަނީ ހ. ފަށަން ގަ އެވެ.

އަބްދުﷲ ޔަޒީދު (މުއާ)

ޔަޒީދުގެ މަންމައަކީ އޭދަފުށީ ގުލްބަކާގޭ އައިޝަތު ރަޝީދާ އެވެ. ބައްޕަ އަކީ ގއ. ނިލަންދޫ މުހަންމަދު ވަހީދެވެ. ޔަޒީދު އުފަންވީ އޭދަފުއްޓަށެވެ. މާލޭގައި އާއިލާގެ ގެދޮރު އެބަހުއްޓެވެ. ވަރަށް ފަހަކާ ޖެހެންދެން އޭދަފުށީ ހިއްތަންގޭގެ ރަޖިސްޓްރީގައި އޮތް ނަމަވެސް، ޔަޒީދު ވަނީ މާލޭ މުނިސިޕަލްޓީގެ ދަފުތަރުގައި ޖައްސައިފަ އެވެ.

ހިސާން ހުސެއިން

ހިސާން ހުސެއިންގެ ބައްޕައަކީ ހިތާދޫ އައްޝެއިޚު ހުސެއިން ޔޫސުފެވެ. މަންމަ އަކީ ހ. ކެރީބިއަން ޒަހީރާ އުމަރެވެ. ހިސާން އުފަންވީ މާލެ އަށެވެ. އޭނާގެ ރަޖިސްޓްރީ އޮތީ މ. ނޫހިރީގަ އެވެ. އުޅެ ބޮޑުވީ ވެސް މާލޭގަ އެވެ. އެކަމަކު އޭނާގެ ބައްޕައަކީ ހިތާދު އަށް އުފަން ހިތާދޫގައި އުޅެ ބޮޑުވި ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.