މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޕްރިންސިޕަލަކު ނެތް ބ. ދަރަވަންދޫގައި ހުންނަ މިއަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށް ސ. ހިތަދޫ ސަގަރުގޭ ނާޒްނީން އަބްދުﷲ (ނާޒް) ހަމަޖައްސައިފި އެވެ.
ނާޒް މަގާމާ ހަވާލުވުމަށް ފަހު މިއަދު ވަނީ ރަސްމީކޮށް ސްކޫލަށް ނިކުންނަވަން ވެސް ފައްޓަވައިފަ އެވެ.
ކުރިން ސ. ހުޅުދޫ ސްކޫލުގެ ޕްރިންސިޕަލުގެ މަގާމުގައި ހުންނެވި ނާޒް ވަނީ މެނޭޖްމަންޓްގެ ދާއިރާ އިން މާސްޓާޒް ހައްދަވައިފަ އެވެ. އޭނާ ވަނީ ށ. މިލަންދޫ ސްކޫލްގެ ޕްރިންސިޕަލެއްގެ މަގާމު ވެސް ކުރިން ފުރުއްވައިފަ އެވެ.
ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަށް ކިޔަވައިދޭ ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށް ކުރިން ހުންވެނީ މުހައްމަދު ނާސިހު އެވެ. އެކަމަކު މިދިޔަ އަހަރު ޖުލައިމަހު އޭނާ ވަނީ މަގާމުން ވަކިވެފަ އެވެ.