
އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއިން ބޮޑު ތަފާތަކުން މިހާރުގެވެސް މެންބަރު އަދި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ސަލީމް (ރެޑް ވޭވް ސަލީމް) ކާމިޔާބުކޮށްފިކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސަލީމް ގޮނޑި ގޮނޑި ދިފާއު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހިސާން ހުސައިން އާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުﷲ ޔަޒީދު (މުއާ) ބޮޑު ތަފާތަކުން ބަލި ކުރައްވައިފަ އެވެ. ސަލީމަށް ގިނައިން ވޯޓު ލިބިފައި ވަނީ އޭދަފުށިންނެވެ. އަދި އޭނާ މި އިންތިހާބު ކާމިޔާބު ކުރެއްވީ ވެސް އޭދަފުށިން ލިބުނު ތަފާތު ބޮޑު ވޯޓުތަކަކުންނެވެ.
މިހާތަނަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ދާއިރާގެ ތިން ރަށުގައި ބެހެއްޓި 5 ވޯޓްފޮށީގެ އިތުރުން މާލޭގައި ބެހެއްޓި ފޮށިތަކުން ސަލީމަށްވަނީ 1526 ވޯޓް ލިބިފައެވެ. އޭނާ އާ އެންމެ ކައިރިން ވާދަކުރެއްވި ހިސާން ހުސައިން އަށް 1095 ވޯޓް ލިބިވަޑައިގެންނެވިއިރު، އަމިއްލަ ކެންޑިޑޭޓް އަބްދުﷲ ޔަޒީދަށް ލިބުނީ 235 ވޯޓެވެ.
———————————————————————————————————————————————
18:18 މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އޭދަފުށީ ދާއިރާގެ ނަތީޖާ ސާފުކުރުމަށް ވޯޓްތައް ގުނަމުންދާއިރު ކުރީގައި އުޅުއްވަނީ މިހާރުގެ މެންބަރު އަދި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
މިހާތަނަށް ގުނި ވޯޓ ފޮށިތަކުން އޭދަފުށީ ދާއިރާގެ ގޮނޑި ސަލީމް ކާމިޔާބު ކުރައްވާފައިވާ ކަމަށް ބެލެވޭއިރު މިހާތަނަށް އިއުލާން ކުރި ހުރިހާ ވޯޓް ފޮއްޓަކުންވެސް އޭނާ އަށް ކުރި ލިބިވަޑައިގެންފައިވެ އެވެ. އޭނާ އާ ދެން އެންމެ ކައިރިން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ހިސާން ހުސައިން އެވެ.
————————————————————————————————————————–
މިއަދު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގެ ބ. އޭދަފުށީ ދާއިރާގެ ބައެއް ވޯޓް ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށައިފި އެވެ.
ބަހިއްޔާ ޕްރީ ސްކޫލުގައި ބަހައްޓާފައިހުރި ވޯޓް ފޮށީގެ ނަތީޖާ
އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) 259 ވޯޓް
އަބްދުﷲ ޔަޒީދު (މުއާ) 48 ވޯޓް
ހިސާން ހުސައިން 97 ވޯޓް
ބާތިލް 10
ޖުމްލަ: 414
——————————————————————————————————————————————
މާޅޮހުގައި ބަހައްޓާފައިހުރި ވޯޓް ފޮށީގެ ނަތީޖާ
އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) 127 ވޯޓް
އަބްދުﷲ ޔަޒީދު (މުއާ) 17 ވޯޓް
ހިސާން ހުސައިން 140 ވޯޓް
———————————————————————————————————————
ބ. އަތޮޅު ހޮސްޕިޓަލުގައި ބަހައްޓާފައިހުރި ވޯޓް ފޮށީގެ ނަތީޖާ
އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) 318 ވޯޓް
އަބްދުﷲ ޔަޒީދު (މުއާ) 27 ވޯޓް
ހިސާން ހުސައިން 143 ވޯޓް
ބާތިލް: 20
ޖުމްލަ: 508
———————————————————————————————————————
(ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބަހައްޓާފައިހުރި ވޯޓް ފޮށީގެ ނަތީޖާ)
އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) 258 ވޯޓް
އަބްދުﷲ ޔަޒީދު (މުއާ) 28 ވޯޓް
ހިސާން ހުސައިން 133 ވޯޓް
ބާތިލް: 2
ޖުމްލަ: 421
މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އޭދަފުށީގައިވެސް ފެށިގެން ކުރިއަށް އެބަދެ އެވެ.
މި އިންތިހާބުގައި އޭދަފުށީގައި ތިން ވޯޓް ފޮށި ވަނީ ބަހައްޓައިފަ އެވެ. އޭދަފުށީގައި ވޯޓު ފޮށިތައް ބެހެއްޓިފައިވަނީ ބަހިއްޔާ ޕްރީ ސްކޫލް، ބ. އަތޮޅު ތައުލީމީ މަރުކަޒު އަދި ބ. އަތޮޅުހޮސްޕިޓަލުގަ އެވެ.
މި އިންތިހާބުގައި އޭދަފުށީ ދާއިރާއަށް 3 ކެންޑިޑޭޓުން ވަނީ ކުރިމަތިލައްވާފަ އެވެ.
ޙިސާން ކިހިނެއް ހޮވޭނީ، މޫސާ ޙަލީމް،ނަސީރު އަދިވެސް އެމްޑީޕީގެ ގިނަ ފަރާތްތަކުން ވޯޓް ދިނީ އެހެން ކެންޑިޑޭޓަކަށް. އެމަންޖެއަށް އެހެން ހަދާކަށް ނުވާނެ އެއްނޫން.
maruhabaa saleem
ސަންސެޓް ގެ ފަރާތުން ވަރަށް ހޫނު މަރްހަބައެއް ސަލީމަށް ދަންނަވަން.
މަރުހަބާ ސަލީމް. ރައްޔިތުން މަނިކުފާނަށް ވޯޓް ދިނީ މަނިކުފާނުގެ ހިއްހެޔޮ ކަމުން އަދި މަނިކުފާނު ގެންގުޅުއްވާ ތަރައްޤީ ގެ ވިސްނުމުގެ މޮޅުކަމުން. އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް މިދާއިރާ އިން ވޯޓް ނުދިނީ ކެންޕެއިން ކުރަން އުޅުނު އަޙްލާގީ ގޮތުން ދަށުދަރަޖައިގެ ބަޔަކުގެ ސަބަބުން. ޔަޒީދު ހަލާކު ކޮއްލީ ……….އާއިލާއިން.
މަރުޙަބާ! ސަލީމް
މަރުހަބާ ސަލީމް
ސަލީމް މަރުހަބާ
maruhabaa saleem
ހިސާނު ހެވިފަ ވޯޓް ލިޔަކަސް ހިސާނަށް ލިބޭ ވޯޓް ގިނައެއް ނުވާނެ. އަމިއްލަ ވޯޓްވެސް ނުލިބޭ މީހުން މުޅިންވެސް ތިބީ ދާއިރާއަށް ކުރިމަތިލާފަ.
ޝުޖާޢު ވަރަށް އިސްތިހާރު ވާން ބޭނުން ދޯ.