ބ. ކިހާދުއްފަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެ އެވެ.
ކިހާދުއްފަރުގައި އަލިފާނުގެ ހާދިސާ ހިންގާފައި ވަނީ ރިސޯޓުގެ އޯނަރު ދިރިއުޅުއްވާ “އަތަމާ ޕެލަސް”ގަ އެވެ. ދެ ބުރިއަށް ނަގާފައިވާ އެ ގޭގައި އަލިފާން ރޯވެފައި ވަނީ ދެ ވަނަ ބުރީގަ އެވެ.
މިއަދު މެންދުރުފަހު ހިނގި އެ ހާދިސާގައި އަތަމާ ޕެލަސް ފުރާޅުގައި އަޅާފައިވާ ފަންތަކެއްގައި ރޯވެ، ކަރަންޓް ވައިރުތަކުގައި އަލިފާން ހިފައި ވަނީ އަނދައިފަ އެވެ.
ރިސޯޓުގައި އަލިފާން ރޯވުމާއެކު އެ ރިސޯޓުގެ ފަޔާމަނުންނާއި މުވައްޒަފުން ގުޅިގެން 10 ވަރަކަށް މިނިޓް ތެރޭގައި ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.