ވިލާ ކޮލެޖްގެ އޭދަފުށީ ކެމްޕަހުގައި އަންނަ މޭމަހު ފަށާ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހުން ބުނިގޮތުގައި އަންނަ ސިމެސްޓާގައި (މޭ އިންޓޭކްގައި) އެ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވަނީ ޑިޕްލޮމާ އިން ޕްރައިމަރީ ޓީޗިން އާއި ޑިޕްލޮމާ އިން އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން އާއި ޑިޕްލޮމާއިން ޝަރީއާ ގެ އިތުރުން ބެޗެލާ އޮފް ބިޒިންސް އެޑިޔުކޭޝަން އަދި މާސްޓާޒް އޮފް ބިޒިނަސް އެޑިމިނިސްޓްރޭޝަން ކޯސްތަކެވެ.
މީގެ ތެރެއިން ޑިޕްލޮމާ އިން ޕްރައިމަރީ ޓީޗިން އާއި މާސްޓާޒް އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ބްލޮކް މޯޑަށެވެ.
ރާއްޖޭގެ އުތުރުގައި ފުރަތަމަ ހުޅުވި ވިލާ ކޮލެޖްގެ އޭދަފުށީ ކެމްޕަހުގައި މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޭޕްރިލް 17ގެ ނިޔަލަށް އޮތީ ހުޅުވާލައިފަ އެވެ.
ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި ކެމްޕަހުގެ އިތުރުން އަތޮޅުތެރޭގައި ހުންނަ ކެމްޕަސް ތަކުގައިވެސް ތަފާތު ކޯސްތައް މޭމަހުު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.