ސަލީމްގެ ސަޕޯޓަރުން އޭދަފުށީގައި އުފާފާޅުކޮށްފި

އޭދަފުށީ ދާއިރާއިން ރައްޔިތުންގެ މަޖިލިސްގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ސަޕޯޓަރުން މިއަދު އޭދަފުށީގެ މަގުތަކުގައި އުފާފާޅުކުރަނީ -- ނިޔަމި ފޮޓޯ
އޭދަފުށީ ދާއިރާއިން ރައްޔިތުންގެ މަޖިލިސްގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ސަޕޯޓަރުން މިއަދު އޭދަފުށީގެ މަގުތަކުގައި އުފާފާޅުކުރަނީ — ނިޔަމި ފޮޓޯ

 

ވާދަވެރި ކެމްޕޭނަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ބ. އޭދަފުށީ ދާއިރާގެ ގޮނޑި މިހާރުގެވެސް މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ދިފާއު ކުރެއްވުމާާ ގުޅިގެން އޭނާގެ ސަޕޯޓަރުން މިއަދު އޭދަފުށީގައި އުފާ ފާޅުކޮށްފި އެވެ.

ހަވީރު ބޭއްވި މި ހިނގާލުމުގައި އަންހެނުންނާއި ކުޑަކުދިން ނުކުމެ އޭދަފުށީގެ ބޮޑެތި މަގުތަކުގައި ލަވަޖަހައި ނަށާ ހަދާފައިވެ އެވެ. އަދި ޕީޕީއެމްގެ މި ވެރިކަމުގައި އޭދަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށްވެސް ސަލީމުގެ ސަޕޯޓަރުން ގޮވަމުން ދިޔައެވެ.

އޭދަފުއްޓަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސަލީމް ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހިސާން ހުސައިން އާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުﷲ ޔަޒީދު (މުއާ) ބޮޑު ތަފާތަކުން ބަލި ކުރައްވައިފަ އެވެ. ސަލީމަށް ގިނައިން ވޯޓު ލިބިފައި ވަނީ އޭދަފުށިންނެވެ. އަދި އޭނާ މި އިންތިހާބު ކާމިޔާބު ކުރެއްވީ ވެސް އޭދަފުށިން ލިބުނު ތަފާތު ބޮޑު ވޯޓުތަކަކުންނެވެ.

(މި ހަބަރުގައި ވޯޓުތަކުގެ ތަފުސީލުތައް ނުހިމެނީ އީޓީ އަށް ލިބިފައިވާ ވޯޓުގެ ނަތީޖާތަކުގައި އޮޅުންތަކެއް އުޅޭތީ، އެންމެ ސައްހަ އަދަދުތައް ލިބިފައި ނުވާތީ އެވެ.)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.