އަޒްހާރަށް އެހީވުމަށް ތައުލީމީ މަރުކަޒުން 36000 އަށްވުރެ ގިނަ ރުފިޔާ

ކެންސަރުގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ އޭދަފުށީ ދަނޑުމަތީގޭ، ތޯހިރާ އަޒްހާރަށް އެހީވުމަށްޓަކައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ތިރީސް ހަހާހަށްވުރެ އަށްވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ.

ތައުލީމީ މަރުކަޒުގައި މިއަހަރު ގްރޭޑް 5 ގައި ކިޔަވަމުން އައި އަޒްހާރަށް މި ފައިސާ ހޯދައިދިނީ އެ މަރުކަޒުގައި ބެހެއްޓި ފަންޑު ފޮށިންނާއި މަތީ ސާނަވީ ކުދިން ފާހަގަކުރި މަސައްކަތު ދުވަހުންކަމަށް ބ. އައަތޮޅު ތައުލީމީ މަރުކަޒުން ބުންޏެވެ. އެގޮތުން ފަންޑުފޮއްޓަށް ދިހަހާހަށްވުރެ ގިނަ ރުފިޔާ އަދި މަސައްކަތު ދުވަސް ފާހަގަކޮށްގެން 26000އަށްވުރެ ގިނަ ރުފިޔާ ލިބުނުކަމަށް ތައުލީމީ މަރުކަޒުން ބުންޏެވެ.

ކެންސަރުގެ ބައްޔަކަށް ފަރުވާ ހޯދުމަށް އަޒްހާރު މިވަގުތު ހުރީ އިންޑިޔާގަ އެވެ.

ކެންސަރުބައްޔަކަށް ފަރުވާ ހޯދަމުންްއަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އަހަރު މަތީ ސާނަވީއަށް ކިޔަވަންފެށި އޭދަފުށީ ކާނޭޝަންމާގޭ، ހަމީދު އަބްދުﷲ އަށް ވެސް މިދިޔަ އަހަރު ތައުލީމީ މަރުކަޒުން ވަނީ 40،000 އަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފަ އެވެ. ހަމީދު އަބްދުﷲ ފަރުވާއަށްފަހު މިދިޔަ ހަފްތާވަނީ ރަށަށް އައިސްފަ އެވެ.

އަޒްހާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7764990 ނަންބަރު ފޯނާ އެވެ. ބޭންކް މެދުވެރިކޮށް އެހީވެދެއްވާނަމަ އަޒްހާރުގެ ބައްޕަ، އަލީ އާދަމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު7704253046001 އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުމަށް އަޒްހާރުގެ ޢާއިލާއިން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.