ހިނގަމުން މަސައްކަތް ކުރުމުން އުފެއްދުންތެރިކަން އިތުރުވޭ

stock-footage-businessman-and-assistant-working-and-walking-outdoors

 ބައެއް މީހުން ކަންތައްތަކާ މެދު ވިސްނާއިރު ނުވަތަ ކަމަކާ މާ ބިޒީ ވެގެން އުޅޭއިރު ދެކޮޅަށް ދެކޮޅަށް ހިނގަނީ ކީއްވެ ހެއްޔެވެ؟ ކަމަކަށް ‘ކޮންސެންޓްރޭޓް’ ކުރަން ފަސޭހަ ވާނީ ތަނެއްގައި މަޑުން އިށީނދެގެން އިނދެގެން ނޫން ހެއްޔެވެ؟ ނަމަވެސް މިކަމުގެ ސިއްރު ދާދި ފަހުން ވަނީ ހާމަވެފައެވެ.

 އެމެރިކާގެ މިނެސޯޓާ ޔުނިވާސިޓީން އެއް އަހަރު ދުވަސް ވަންދެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، މިސާލަކަށް، ޓްރެޑްމިލްއެއްގެ މަތީގައި ގަޑިއަކު ދެ ކިލޯމީޓަރުގެ ހަލުއިކަމެއްގައި ހިނގާ މީހުންގެ ސިއްހަތާއި އުފެއްދުންތެރިކަން އިތުރުވެއެވެ.

 މި ދިރާސާ ކުރީ އެމެރިކާގެ އަމިއްލަ ކުންފުންޏެއްގެ 40 މުވައްޒަފުންގެ މެދުގައެވެ. އެ މުވައްޒަފުންގެ ކިއުބިކަލްގައި ޓްރެޑްމިލްތައް ބަހައްޓާ، ޓްރެޑްމިލްގެ ކުރިމަތީގައި ކޮމްޕިއުޓަރާއި ފޯނާއި އަދި ލިޔާނެ ޖާގަ ހަދައިދީ، އެގޮތުގެ މަތިން ޓްރެޑްމިލްގައި ހިނގަމުން މަސައްކަތް ކުރުމަށް އިރުޝާދު ދިނީއެވެ.

 ޓްރެޑްމިލް ބޭނުން ކުރަން ފެށުމުން ވަނީ، މި މުވައްޒަފުންގެ ހަށިގަނޑުގައިވާ ސަރުބީ ވިރުވާ ނިސްބަތް 7 އާއި 8 ޕަސެންޓާ ދެމެދުގެ ނިސްބަތަކަށް އިތުރުވެގެން ގޮސްފައެވެ.

 “ކަންނެތް ކަމުގައި އިނދެ މަސައްކަތް ކުރުމަށް ވުރެ، ހަލަބޮލި ކަމާއެކު މަސައްކަތް ކުރުމުން މީހާގެ އުފެއްދުންތެރިކަން އިތުރުވޭ،” މި ދިރާސާގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އެވްނާ ބެންނާ ވިދާޅުވިއެވެ.

 އޮފީހުގައި ޑެސްކެއްގެ ކުރިމަތީގައި އިށީނދެގެން އިނދެ މަސައްކަތް ކުރުމަށް އާދަވެފައިވާ މި 40 މުވައްޒަފުންނަށް ފުރަތަމަކޮޅު ޓްރެޑްމިލް މަތީގައި ހިނގަމުން ކަންތައްތައް ކުރުމަށް އުނދަގޫވިއެވެ. ނަމަވެސް ފަހުން އެ މީހުން އެކަމަށް ހޭނި، އެހެން މުވައްޒަފުންނާ ދޭތެރޭގައި މުއާމަލާތް ކުރާ ގޮތް ވެސް ބަދަލު ވެގެން ގޮސްފައިވާ ކަމަށް އެވްނާ ވިދާޅުވިއެވެ.

“ބޮޑަށް ލަފާ ކުރެވެނީ ހަށިގަނޑުގައި ލޭ ދައުރު ކުރާ ނިޒާމު އިތުރަށް ހަރުދަނާވެ، ސިކުނޑިއަށް ލޭ ފޮނުވައި ދޭ މިންވަރު ވެސް އިތުރުވުމުން ވީ ކަމެއް ކަމަށް،” އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.