ރިވެޓްމަންޓްޖަހާ ހިލަބާޖެއް ބަނދަރުކޮށްފި

ހިލަ ހިފައިގެން އޭދަފުއްޓަށް އައި ބާޖް އޭދަފުއްޓާ، މާއްޑުއާދެމެދު ކަނޑުއޮޅީގައި ބަނދަރުކޮށްފައި.
ހިލަ ހިފައިގެން އޭދަފުއްޓަށް އައި ބާޖް އޭދަފުއްޓާ، މާއްޑުއާދެމެދު ކަނޑުއޮޅީގައި ބަނދަރުކޮށްފައި.

 

ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އޭދަފުށިން ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ބޭރުން ޖަހާ ރިވެޓްމަންޓް ޖެހުމަށްޓަކައި ބޭނުންކުރާ ބޮޑުހިލަބާޖެއް އޭދަފުއްޓަށް އަތުވެއްޖެ އެވެ.

އޭދަފުށީ ކައުންސިލް އިދާރާއިން ބުނިގޮތުގައި 4300 ޓަނުގެ ހިލަ އާއެކު މިދިޔަ ހޮނިހިރުދުވަހު އައި މިބާޖުން ދެ ދުވަހެއްގެ ތެރޭގައި ހިލަބާލަން ފާށާނެއެވެ. އަދި ހިލަ މިބާޖުގެ އިތުރުން 22000 ޓަނުގެ ހިލަ ގެނައުމަށް ހަމަޖެހިފައިވާކަމަށާއި އެތަކެތިވެސް ލަސްނުވެ އޭދަފުއްޓަށް އަންނާނެކަމަށް ކައުންސިލު އިދާރާއިން ބުނެއެވެ.

ރާއްޖޭގެ 4 ރަށެއްގެ ބިންހިއްކުން ހަވާލުވެފައިވާ ބޮސްކާލިސް އިންޓަނޭޝަނަލްގެ ފަރާތުން އޭދަފުށީގެ ބިންހިއްކުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ގާތްގަނޑަކަށް ނިމިފަ އެވެ.

ކައުންސިލު އިދާރާއިން ބުނީ ކޮންނަބޯޓް ބުރާސްފަތި ނުވަތަ ހުކުރުދުވަހު އޭދަފުއްޓަށް އަންނާނެކަމަށެވެ.

ބޮސްކާލިސް އިންޓަނޭޝަނަލް އާ ހަވާލުކޮށްގެން އޭދަފުށީގެ 25.9 ހެކްޓަރު ބިން ހިއްކުމަށް ސަރުކާރުން ހަމަޖައްސާފައިވާއިރު މިކަމަށް 125 މިލިޔަން ރުފިޔާ ހޭދަވާނެކަމަށްވެއެވެ. އޭދަފުށީގެ މިހާރުގެ ބިމުގެ ސައިޒަކީ ގާތްގަނޑަކަށް 31 ހެކްޓަރެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. އަޙްމަދު ޢަލީ

    ދެކުނުފަރާތް ހިއްކުމަށަފަހު އުތުރު ފަރާތު ބޯޅަދަނޑާދިމާވެސް ހިއްކައި އެތާގައި ސިޑިބަރި ހަދާނެކަމަށް އުންމީދުކުރަން. އަދި އާޓިފިޝަލް ބީޗަކާއެކު ކުޑަކުދިން ކުޅޭނެ ޕާކެއް ތަރައްގީކުރާނެކަމަށް އުންމީދުކުރަން. އަދި އެތަނުގައި ޕޮޕްކޯންއާއި އަދި އައިސްކްރީމް ލިބޭގޮތަކަށް ހުރުންމުހިންމުކަމަށް ފެންނަނީ ކައުންސިލުން މިބުނިކަންތަކަށް ވިސްނާނެކަމަށް އުންމީދުކުރަން، (ކޮރަކަލިބެ)

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.