ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން ބ. އަތޮޅުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ބ. އަތޮޅު ހޮސްޕިޓަލުން ހުޅުވާލައިފި އެވެ.
ބ. އަތޮޅުހޮސްޕިޓަލުން ބުނިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ކަންތައް ކުރިއަށްގެންދާގޮތަށް ހަމަޖައްސާފައިވަނީ އެ ހޮސްޕިޓަލުގަ އެވެ. އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން ރެޖިސްޓްރޭޝަން ފޯމެއް ފުރަން ޖެހެއެވެ.
“ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް” ހަމަޖެއްސުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ.
މި ޕްރޮގްރާމުގެ ދަށުން މި ޚިދުމަތް ފޯރުކޮށްދެނީ އާއިލީ ޑޮކްޓަރެއްގެ ގޮތުގައި ކަނޑައަޅާ މެޑިކަލް އޮފިސަރެއްގެ އިތުރުން ނަރުހުންނާއި އިތުރު ސިއްހީ ޚިދުމަތްތެރިއެއް އެކުލެވޭ ޓީމަކުންނެވެ.
ތިކަމުގައި ހޮސްޕިޓަލްގެ އިސބޭފުޅުން ފުރަތަމަ ބައިވެރިކުރުން އެދެން. ކުޑަވަހީދު އަދި ސައްކެޔޮމޯޑު އަދި ސިދުގީ..
ދެން ތިތާކު ރަގަނޅު ޑޮކްޓަރަކުވެސް ހުރީކީނޫން …ތިހާކުޑަ ކަމެއްގަވެސް ތަކުލީފްތަކެއްޖައްސަން ތިޔައޫޅެނީ ….ތިތަނަކަށްގޮސް ފޯމްފުރާ ދެންކޮންކަމެއް …ތިތާއުޅޭނެ ކަމެއްނެތިފަތިބޭ ގުރޫޕެއް އެމީހުން ގޭގެއަށްފޮނުވައިގެން ތިޔަ ފޯމެއް ފުރަންވީއެއްނުން…..މިސަރުކާރަކީ ކަންނުވެ ނަންވާން އުޅޭ ސަރުކާރެއްކަން ވޭތުވެދިޔަ 100ދުވަހުން އެކަނިވެސް ރައްޔިތުންނަށް އޮތިފަޅާއަރާފަ …..