މޫސާ ސާއިދުގެ ވާހަކަތައް އީޓީއަށް

މޫސާ ސާއިދު
މޫސާ ސާއިދު

 

ޒުވާން ދިވެހި ވާހަކަލިޔުންތެރިޔާ މޫސާ ސާއިދުގެ ވާހަކަތައް އަންނަ ހަފްތާއިން ފެށިގެން އީޓީގެ ކިއުންތެރިންނާ ހަމައަށް ގެނަސްދޭގޮތަށް ހަމަޖެހިއްޖެ އެވެ.

ސ. މަރަދޫ އަށް އުފަން މޫސާ ސާއިދަކީ ޒުވާން، ހުނަރުވެރި، މޮޅު ވާހަކަ ލިޔުންތެރިއެކެވެ. އޭނާގެ ހިނގާ ގަލަމުން ގިނަ ވާހަކަތަކެއް ވޭތުވެދިޔަ ދުވަސް ތަކުގައި ކިޔުންތެރިންނާ ހަމައަށް ވަނީ ގެނެސްދީފައެވެ. މީގެ ތެރެއިން ބޯގަންވިލާ، ފިނިނޭވާ، ލޯތްބާނުލާ، ހުވާކޮށްފާ ބުނަން، އަތްބުރި، ދިއަރެސް، މެންދަން ފަދަ އަސަރުގަދަ ވާހަކަތައް ހިމެނެއެވެ. މުސާ ޞާއިދަކީ ޒުވާން ދިވެހި ވާހަކަ ލިޔުންތެރިންގެ ތެރެއިން ދިގު ވާހަކަ އެއްމެ ގިނައިން ބާޒާރަށް ނެރެފައިވާ ވާހަކަ ލިޔުންތެރިޔާ އެވެ. މޫސާ ޞާޢިދުގެ މުޅިން އާ ވާހަކައެއް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެއެވެ.

އީޓީ އިން މިފަހަރު މި ގެނެސްދެނީ މަޝްހޫރު އަދި މަގޫބޫލު ވާހަކަލިޔުންތެރިޔާ، މޫސާ ޞާޢިދު، މި ސައިޓަށް ހަދިޔާކުރައްވައިފައިވާ ވަރަށް ރީތި ވާހަކައެކެވެ. އެއީ، ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ބިރުވެރި ވާހަކައެއްކަމުގައިވާ ”ސަންޑޭ” މި ވާހަކައެވެ. ވާހަކަ ހަދިޔާކޮށްދެއްވި ކަމަށްޓަކައި ލިޔުންތެރިޔާ މޫސާ ޞާޢިދަށް އީޓީގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ.

އިންތިޒާރުކޮށްލައްވާށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.