ހިލަބާޖު ނެރުމައްޗަށް ބީހި ނެރު ބަންދުވެއްޖެ

ބާޖު ނެރުމައްޗަށް ބީހިފައި
ބާޖު ނެރުމައްޗަށް ބީހިފައި

 

އޭދަފުށީ ބިންހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ރިވެޓްމެންޓަ ޖެހުމަށް ބޭނުންވާ ބޮޑުހިލަ ހިފައިގެން އައި ބާޖު އުތުރު ފަރާތު ފަޅަށް ވަންނަން އުޅެނިކޮށް ނެރުމައްޗަށް ބީހި، ނެރު ބަންދުވެއްޖެ އެވެ.

ގާތްގަޑަކަށް 4300 ޓަނުގެ ބޮޑުހިލަ ބަރުކޮށްގެން މިދިޔަ މަހު 22 ވަނަ ދުވަހު އައި މި ބާޖު މިއަދު މެންދުރު 2 ޖަހާކަންހާއިރު ނެރުމައްޗަށް ބީހުނީ، ޓަގު ބޯޓެއްގައި ޖަހައިގެން ބާޖު ނެރުން ފަޅުތެރެއަށް ވައްދަން އުޅުމުގެ ތެރޭގައި ކަމަށްވެ އެވެ.

ބާޖު ނެރު މައްޗަށް ބީހި، ބަނދަރު ބަންދުވުމުން އެ ވަގުތު ފުރަން ތައްޔާރުވެފައި އޮތް އަތޮޅު ފެރީއާއި އެތަނަށް ވަންނަން ދިޔަ ބައެއް އުޅަނދު ބަނދަރު ބޭރުގައި މަޑުކޮށްގެން އޮންނަން ޖެހުނުކަމަށްވެ އެވެ. އަދި ބާޖު އެތަނުން ކަނޑަން ފުންކުރީ ޓަގު ބޯޓުގެ އެހީގައެވެ.

ނެރުމައްޗަށް ބީހުނު ބާޖު އެތަނުން ނަގައި ނެރު ހުޅުވުނީ 2:40 ހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. mary

    ކަސްޓަމްސް މީހުން އަންނަން ތިހާދުވަސް ނަގަން ޖެހޭތޯ،ސިކުޑީތެއްކަމެއްނެތީމަ ތިކަހަލަވާހަކަދައްކާނީ،ބޭފުޅާތިއުޅެނީ މާފަހަތުގަ،ތިޔަގެނައި ވޯޓްލީދުވަހުއެއްނުން ކާކަށްނޭގިގެން އުޅެނީ ކަލޯމެންތިކުރާކަންތައް….

    ރައްދު
  2. އަޙްމަދު

    ބީޖީ ބުނަންތަ، ހިލަބޭލުމަށް ކަސްޓަމް ބޭފުޅުން މިރަށައް އައީ މިއަދު. އެމީހުން ނެތި ބޯޓެއް ކައިރިއެއް ނުކުރެވޭނެ. މީހުން ކަންކުރާގޮތް ދަސްކުރޭ. ނޭންގޭނަމަ އެގޭމީހުން ކައިރީގައި އަހައިގެން މަޢުލޫމާތު ސާފުކުރޭ. ހިލަބޯޓް ގެނެވޭނީވެސް ސިޔާސީ މީހުންނަށް. ބީޖީ އަކަށް އަޅުގަޑަކަށް ނުގެނެވޭނެ.

    ރައްދު
  3. -bg

    މިހިރީ ސިޔާސީ ބޭނުންތަކަށްޓަކާ ބޮޑެތި ވިޔަފާރިވެރިންކުރާ ތާކުންތާކުނުޖެހޭ ކޮސް ކަންތައްތައް،،ހިލަބޯޓެއް ގެނެސް ދެހަފްތާވެގެންދާއިރުވެސް ބޭލޭނެގޮތެއް ނެތިފައި….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.