ސިއްހަތުދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަނީ

ސިއްހަތުދުވަސް ފާހަގަކުރުމަށް ހޮސްޕިޓަލުގެ މުވައްޒަފުން ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަނީ
ސިއްހަތުދުވަސް ފާހަގަކުރުމަށް ހޮސްޕިޓަލުގެ މުވައްޒަފުން ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަނީ

 

ދުނިޔޭގެ ސިއްހަތު ދުވަސް ގައުމީ ފެންވަރުގައި ބ. އޭދަފުށީގައި ފާހަގަކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާތީ ގިނަ ހަރަކާތްތަކެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ، ސިއްހަތު ދުވަހުގެ ހަރަކާތްތައް އެޕްރިލް 7-8 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

“ކުދި ސޫފި ސިއްހަތަށް ހުރި ބޮޑު ނުރައްކަލެއް” މި ޝިއާރުގެ ދަށުން ހެލްތު މިނިސްޓްރީ އާއި އޭދަފުށީގައިހުރި ސަރުކާރުއޮފީސްތައް އަދި ކްލަބު ޖަމިއްޔާތައް ގުޅިގެން ދެ ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ހަރަކާތްތުގެ ތެރޭގައި ދުވަހުގެ ޝިއާރާގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޚާއްސަ އެސެމްބްލީއެއް ބޭއްވުމާއި ސިއްހީ މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުން ހިމެނެ އެވެ.

މީގެ އިތުރުން ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބޭއްވުމާއި “މަދިރި ހިނގާލުން” ނަމުގައި ހިނގާލުމެއް ބޭއްވުމާއި ގަސްއިންދުމުގެ ޕްރޮގްރާމެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އަތޮޅު ހޮސްޕިޓަލުން ބުނެ އެވެ.

ދުވަހާގުޅޭގޮތުން ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ އަންނަ ހޯމަދުވަހުގެ ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އެ ޖަލްސާގައި ހެލްތު މިނިސްޓަރު ޑރ މަރިޔަމް ޝަކީލާ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޭޕްރީލް 7 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.