ވޯޓަށް ނުފޫޒު ފޯރުވި ފޯރުވުން ތަހުގީގުކުރަން ޖެހޭ: ހިސާން

ހިސާން ހުސައިން
ހިސާން ހުސައިން

 

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެކި ގޮތްގޮތަށް ވޯޓަށް ނުފޫޒު ފޯރުވި ފޯރުވުން ތަހުގީގުކުރަން ޖެހޭކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަ އަދި މި އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގެންނެވި ހިސާން ހުސައިން  ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީގެ “ފަލަސުރުޚީ” ފްރޮގްރާމްގައި ވާހަކަ ދައްކަމުން ހިސާން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބުން ފެށިގެން ވަރަށް ފުޅާދާއިރާއެއްގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފައިސާގެ މުއާމަލާތްތަކެއް ވޯޓާ ގުޅިގެން ހިންގާފައިވާ ކަމަށެވެ. އަދި މިކަންތައް ހުއްޓުވަން ދަތިވެގެން އުޅޭ އެންމެ ބޮޑު އެއްސަބަބަކީ މިހާރު ވެރިކަން ކުރަމުންދާ ޕާޓީގެ ކެންޑިޑޭޓުންގެ ފަހަތުގައި ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ސަރުކާރުގެ ބައެއް ވުޒާރަތަކާ މުއައްސަސާތަކުންވެސް ހަރަކާތްތެރި ވަމުން ދިއުން ކަމަށް ހިސާން ވިދާޅުވި އެވެ.

“ފައިސާއަށް ވޯޓު ވިއްކުމާއި ވޯޓުގެ މައްޗަށް ބިރު ދެއްކުމާ ނުފޫޒު ފޯރުވުން އެދެވޭ ގޮތަކަށް ތަހުޤީގު ކުރެވި މިމައްސަލައަށް ހައްލެއް ހޯދަން އެއްވެސް މުއައްސަސާއަކުން މަސައްކަތް ކުރައްވާފަ ނެތުމަކީވެސް މިކަމަށް ލިބިގެންދިޔަ ހިތްވަރެއް،” ހިސާން ވިދާޅުވި އެވެ.

ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގަ މަސައްކަތްކުރައްވާ މުވައްޒަފުން ލައްވާ ވަކި ކެންޑިޑޭޓަކަށް ވޯޓްދިނުމަށް މަޖުބޫރުކުރުވުމުގެ ގޮތުން ވޯޓް ކަރުދާހުގައި ވަކި ކޯޑެއް ނުވަތަ ވަކި ނަމްބަރެއް ޖަހުވާފައިވާކަމަށް ހިސާން ތުހުމަތު ކުރެ އެވެ. އަދި އެގޮތަށް އަމަލުނުކުރާ މުވައްޒަފަކަށް ވަޒީފާގައި ދެމި ނުހުރެވޭނެކަމަށް ބުނެ އިންޒާރު ދީފައިވާކަމަށާއި ވޯޓުލީދުވަހު ސަރުކާރުގެ ބައެއް އޮފީސް ތަކުން މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށް ގެއަށް ފޮނުވާލި މަންޒަރުފެނިފައިވާކަމަށްވެސް ހިސާން ވިދާޅުވި އެވެ.

” ެވޯޓަކީ ސިއްރިއްޔާތުގައި ލެވޭ ވޯޓެއް ކަން ހެދުމަށް އޮންނަ އިންތިޒާމްތަކެއްވެސް އެބައޮވޭ ދައުލަތުގެ މައްޗަށް. އަދި ހަމަ އެހެންވެ ވޯޓުލާ މީހާގެ ހައްގެއްގެ ގޮތުގައި މި އޮންނަނީ އޭނަ ލާވޯޓުއެއީ ސިއްރެއް ގޮތުގައި ބޭއްވުން” ހިސާން ވިދާޅުވި އެވެ.

ޑިމޮކްރެޓިކް މުޖުތަމައެއްގައި މިކަހަލަ ނާޖާއިޒު ނުފޫޒު ތަކެއް ފޯރުވިގެން ނުވާނެ ކަމަކަށްވެސް ހިސާން ވިދާޅުވި އެވެ.

ދެން އަންނަ އިންތިހާބުތައް އައުމުގެ ކުރިން އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ އިސްލާހުތައް ގެނެސް ވޯޓު ކަރުދާސް އެއީ އޭގެ ޒާތުގައި ސިއްރު އެއްޗަކަށް ހެދުމާއި އަދި ވޯޓުލާ މީހާގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވުގެ ފުރުސަތު އޮތަނުދިނުމާއި ވޯޓު ވިއްކުމާ ވޯޓުގަތުމުގެ ފުރުސަތުވެސް އޮތަ ނުދިނުމަށް ޤާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަރަށް އިސްކަން ދެއްވައިގެން ކުރެއްވުމަށް ހިސާން ގޮވާލެއްވިއެވެ. – ޚަބަރު / ރާއްޖެ އެމްވީ

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. mariyam seena

    ހިސާނަކީ ގިނަ އަދަދަކަށް ފައިސާ ބެހި މީހެއް. ގިނަ ވޯޓް މާޅޮހުން ގަތް ކަމަށްވަނީ. ދެން ކޮން ވާހަކައެއް ދައްކާކަށް،

    ރައްދު
  2. އަލީ

    ބަލަ އޭދަފުށި ދަރިއެއްގެ ދުލުން ބުނި ހިސާން އޭނައަށްވެސް ލާރި ދިންވާހަކަ. އެހެންވީމާ އެވާހަކަ ދެއްކޭކަން ނެތް

    ރައްދު
  3. husen

    ތަސްމީންމެން ކެންދޫ ދާއިރާގައި ބެހި ލާރިތައް ނުފެނޭދޯ ހިސާނަކަށް. ފުރަތަމަ އަމިއްލަ ޕާޓީ އިސްލާހުކޮށްފަ ކަމެއް ކޮށްބަލަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.