ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފުލުހުން ހަވީރެއް ބާއްވައިފި

އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި ހަވީރު ނިންމާލުމުގެ ގޮތުން ގުރޫޕް ފޮޓޯއަކަށް އެތުރިގެން - ފޮޓޯ/- ޕޮލިސް
އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި ހަވީރު ނިންމާލުމުގެ ގޮތުން ގުރޫޕް ފޮޓޯއަކަށް އެތުރިގެން – ފޮޓޯ/- ޕޮލިސް

 

އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުފާވެރި ހަވީރެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު އޭދަފުށީ ޕޮލިސް ސްޓޭޝަންގައި ބޭއްވި މި ހަވީރުގައި އޭދަފުށީގައި ތިބި ޅާއްސް އެހީއަށް ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާ ތަކުން ބައިވެރި ވެފައިވެއެވެ. އަދި މީގެ އިތުރުން އަހަރީ ދުވަހާ ގުޅިގެން ކޭކު ފެޅުމާއި އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރުމުގެ އިތުރުން ހަވީރުގައި ބައިވެރިވި ކޮންމެ ކުއްޖަކަށް އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޅާއްސަ ހަދިޔާއެއް ދީފައިވެ އެވެ.

މި ހަވީރު ބޭއްވުމުގައި އޭދަފުށީ އެޓޯލް ކިއުޓް ގުރޫޕާއި ރަންމާ ޑްރީމްސްގެ ފަރާތުން ލިބުނު އެހީތެރިކަން އޭދަފުށީ ޕޮލިސް ސްޓޭޝަންއިން ފާހަނގަ ކުރެއެވެ.

މި ހަވީރުގެ މައިގަނޑު މަގުސަދަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ގޮތުން ބޭއްވި ހަވީރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.