ޑެންގީ ހުމާ ބެހޭ މައުލޫމާތުކޮޅެއް

ޑެންގީ ޖައްސާ މަދިރި:
ޑެންގީ ޖައްސާ މަދިރި:

 

ޑެންގީހުމަކީ ޑެންގޫ ވައިރަސްއިން ޖެހޭ ބައްޔެއް. މި ބައްޔަށް ބްރޭކް ޑައުން ފީވާ އޭވެސް ކިޔާ. މި ބަލި ފަތުރަނީ މަދިރި. މި މަދިރިއަށް ކިޔަނީ އީޑީސް މޮސްކިޓޯ. މިވައްތަރުގެ މަދިރީގެ ތެރެއިން ލޭބުއިމުގެ ޤާބިލްކަން ލިބިގެންވަނީ އަންހެން މަދިރިއަށް. މި މަދިރި ހަރަކާތްތެރިވާ ވަގުތު ތަކަކީ އިރުއަރާވަގުތާއި އިރުއޮއްސޭ ވަގުތު. މި ބައްޔަކީ އަރިދަފުސް ރޯގާތައްގޮތަށް އެކަކުގައިން އަނެކަކު ގަޔަށް އަރާ ބައްޔެއްނޫން.

ޑެންގީ ފެތުރެނީ މި ބަލީގެ ވައިރަސް ހުންނަ މަދިރިއެއް އިންސާނެއްގެ ގައިން ލޭބުއިމުން. ބަލީގެ ވައިރަސް ހުރި މަދިރި މީހެއްގެ ގައިން ހެފުމަށްފަހު 5 ނުވަތަ 7 ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަންފަށާ.

ވިއްސާރަ މޫސުންތަކުގައ މަދިރި އާލާވުން އިތުރުވުން. މިގޮތުން އެފަދަ ދުވަސްތަކުގައި މަދިރިންޖެހޭ މިފަދަ ބަލިތައް ޖެހުން އިތުރުވޭ.

އަލާމާތްތައް 

3 ނުވަތަ 7 ދުވަސް ވަންދެން ގަދަޔަށް ހުންއައުން ( 103 105 ފެރަންހައިޓް )

ބޮލުގައި ރިއްސުން ( އާންމުގޮތެއްގައި ނިތްކުރީގައި )

މުޅިގައިގަ އަދި ހުޅުތަކުގައި ރިއްސުން

ލޮލުގައި ރިއްސުން

ހަންގަޑުގައި ރަތްކުލައިގެ ލައްތަކެއްނެގުން

މޭނުބައިކޮށް ހޮޑުލެވުން

ނުރައްކާތެރި  އަލާމަތްތަށް ފެންނަނީ ޑެންގޫ ހެމަރެޖިކް ފީވާއަށް ބަދަލުވުމުން ، އޭގެތެރޭގައި ނޭފަތުން ލޭއައުން ، ހަންގަޑު ދަށުން ލޭއައުން ، ހިރުގަނޑުން ލޭއައުން ، ހޮޑުލާއިރު ލޭއައުން ހިމެނޭ.

ރައްކާތެރިވުން 

ޑެންގޫ ހުން ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ނައްތާލަން ޖެހޭ. މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި؛

ދިޔަދޮވީގައި ހުންނަ ފަތްތައްނަގާ ސާފުކޮށް ، ދިޔަދޮވި ހޮޅީގައި ފެން ހަރުލާފައި ހުރިތޯބެލާ ސާފުކުރުން

ވާރޭފެން ތާނގީ ފަދަ އެއްޗެތީގެ މައްޗާއި އޯވަރފްލޯ މަދިރިއަށް ނުވަދެވޭގޮތަށް ފޮތިކޮޅަކުންނަމަވެސް ބަންދުކުރުން

ފެނުގައި ގަސް ހައްދާއިރު ފެންއަޅާފައިހުންނައެތީގެ ފެން މަދުވެގެން ފަސްދުވަހުން އެއްދުވަހު ބަދަލްކުރުން

ކުކުޅު ކޮތަރު ދޫނި ކޮށީގައި ހުންނަތަކެތީގެ ފެންވެސް ފަސްދުވަހުން އެއްދުވަހު ބަދަލްކުރުން

މިނޫންވެސް ގެއާއި ގޯތިތެރެއަށް އުކާލެވިފަ ވަޅުތަކުގައި މަދިރިއަށް ނުވަދެވޭގޮތަށް މަތި ޖެހުން އަދި މަދިރިފަނި ކާ ވައްތަރުގެ މަސް ވަޅު ނުވަތަ ޕޮންޑް ތަކަށް އެޅުން.

ފެންއެޅޭގޮތަށް ހުންނަ ނާށި، ފުޅި ، ގަސްމުށި ، ބާލިދީ ދަޅުފަދަ ތަކެތި ނައްތާލުން

އަމިއްލަ ރައްކާތެރިކަން

ވީހާވެސް ބޮޑަކަށް ހަށިގަޑު ނިވައިކޮށް މަދިރި ހެފިޔަ ނުދިނުމަށް ގައިގައި އުގުޅުމަށް ހަދާފައި ހުންނަ ލޯޝަންފަދަ އެއްޗެހި ބޭނުންކުރުން.

ކުޑަކުދިން އަދި ބޮޑެތިމީހުންވެސް ނިދާއިރު މޮސްކިޓޯނެޓް ބޭނުންކުރުން

ފަރުވާ

ޑެންގޫ އަކީ ވައިރަސްއަކުން ޖެހޭ ބައްޔެއްކަމުން ވަކި ހާއްސަ ފަރުވާއެއް ހޯދިފައެއް ނުވޭ

ޑެންގޫ ވައިރަސްގެ ސަބަބުން ދިމާވާ އެހެނިހެން އަލާމާތްތަކަށް ފަރުވާ ކުރުމަށް އެންޓި ވައިރަލް ޓްރީޓްމެންޓެއް ދެވިދާނެ.

ޑެންގޫ ހުމަކީ ބަލީގެ ކުރީކޮޅު ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފަޔާ އިރުޝާދުހޯދަންޖެހޭ ބައްޔެއް އަދި ރަގަޅުކުރެވޭ ބައްޔެއް.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.