ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ހަރަކާތްތައް ފަށައިފި

10153877_10152106896139200_787184584_n

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ގައުމީ ފެންވަރުގައި ބ. އޭދަފުށީގައި ފާހަގަކުރާގޮތަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން ސިއްހަތުދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިއަދު ފަށައިފި އެވެ.

އެ ހަރަކާތްތައް ފަށާފައި ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީއަކުންނެވެ. އެ އެސެމްބްލީގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ބައިވެރިވެވަޑައިގެންނެވި އެވެ.

ސިއްހަތު ދުވަސް ފާހަގަ ކުރުމުގެގޮތުން މިއަދު ހަވީރު ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރުގެ އާ އިމާރާތް ހުޅުވުމާއި ދުވަހާ ގުޅޭގޮތުން ބާއްވާ ހާއްސަ ހިނގާލުމެއް މިއަދު ހަވީރު އޮންނާނެ އެވެ. އޭގެ އިތުރުން “އިންދަމާ” ގެ ނަމުގައި ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ސިއްހަތުދުވަސް ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އެ ޖަލްސާގައި އަތޮޅުތެރޭގައި އެންމެ ރަނގަޅަށް ޙިދްމަތް ދެވޭ ހޮސްޕިޓަލަކަށް އަދި ޞިއްޙީ މަރުކަޒަކަށް ދެވޭ އެވޯޑްދިނުން އޮންނާނެ އެވެ. އަދި ފާހަގަ ކޮށްލެވޭ ޙިދްމަތެއް ޞިއްޙީ ދާއިރާއަށް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދެވޭ އެވޯޑްވެސް މިރޭގެ ޖަލްސާގައި ދޭގޮތަށްވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ނެރުމަށްވެސްވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.