ފެމެލީ ސެންޓަރުގެ އާ އިމާރާތް ހުޅުވައިފި

މިނިސްޓަރު ޝަކީލާ ބ. އަތޮޅު ފެމެލީ ސެންޓަރުގެ އާ އިމާރާތް ހުޅުވައިދެއްވަނީ
މިނިސްޓަރު ޝަކީލާ ބ. އަތޮޅު ފެމެލީ ސެންޓަރުގެ އާ އިމާރާތް ހުޅުވައިދެއްވަނީ

 

ބ. އޭދަފުށީގައި ހުންނަ މި އަތޮޅުގެ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ އާ އިމާރާތް މިއަދު ހަވީރު ހުޅުވައިފި އެވެ.

މިރަށު ބަނދަރު ސަރަހައްދުގައި ދެ ބުރި އަށް ހަދާފައިވާ އިމާރާތް ރަސްމީކޮށް ހުޅުވައި ދެއްވީ ހެލްތު މިނިސްޓަރު ޑރ މަރިޔަމް ޝަކީލާ އެވެ.

މިކަމަށްޓަކައި އެ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަކީލާ ވިދާޅުވީ މިފަދަ ސެންޓަރުތަކުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެ ސެންޓަރުތަކަށް އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ވަރަށް ފޯރިއާއެކުކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބ. އަތޮޅަކީ ރާއްޖޭގެ ނިސްބަތުން އިޖުތިމާއީ މައްސަލަތައް މަދު އަތޮޅެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝަކީލާ ވިދާޅުވީ މިއަދު މި ހުޅުވުނު އިމާރާތުގެ ސަބަބުން މި ސެންޓަރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް އަންނާނެ ކަމަށެވެ.

DSC_0047މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ތަކަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ މަސައްކަތްތަކެއް ކަމަށާއި އެހެންވުމުގެ  ސަބަބުން މި މަސައްކަތް ތަކުގައި ކުރިން އުޅުނު އެތައް މުވައްޒަފުންނެއް މިއަދު ދުރަށްގޮސްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ކުރެވެމުންދާ މި މަސައްކަތާއެކު ސެންޓަރުތަކަށް ދިމާވެފައިވާ މުވައްޒަފުން ނެތުމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު މި ހުޅުވުނު އިމާރާތާ އިންވެގެންހުރި ބައިގައި މާ ލާސްނޫން މުއްދަތެއްގެ ތެރޭގައި އެކަމަޑޭޝަން ބްލޮކުގެ މަސައްކަތްވެސް ބަޔަކާ ހަވާލުކުރެވޭ ވަރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފެމެލީ ސެންޓަރުތަކުން ފޯރުކޮށްދެމުންދާ ހިދުމަތަކީ މުޅިމުޖުތަމައާ ގުޅިފައި އޮތް ހިދުމަތެއް ކަމަށާއި އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިން އަދި އަޅާލުން އިންތިހާއަށް ބޭނުންވެފައިތިބި ނުކުޅެދުންތެރިކަން ހުރި މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ހައްގުގައި ސެންޓަރުން ކުރަމުންގެންދާ މި މުހިއްމު މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނީ މުޅި މުޖުތަމައުގެ އެއްބާރުލުން ލިބިގެންކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

DSC_0183ފެމެލީ ސެންޓަރު ހުޅުވުމަށްފަހު، ސިއްހަތު ދުވަހުގެ މުނާސަބަތުގައި އޭދަފުށީގެ ބޮޑެތި މަގުތަކުގައިވަނީ ހިނގާލުމެއްވެސް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.