އެންމެ ރަނގަޅަށް ހިދުމަތްދޭ ހޮސްޕިޓަލަކަށް ބ. އަތޮޅުހޮސްޕިޓަލު

DSC_0463

ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން މިދިޔަ އަހަރު އަތޮޅުތެރޭގައި އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ހޮސްޕިޓަލަކަށް ބ. އަތޮޅު ހޮސްޕިޓަލު ހޮވައިފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ބ. އަތޮޅު ހޮސްޕިޓަލަށް މިކަމުގެ އެވޯޑާ، އިނާމް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑާ ޑރ މަރިޔަމް ޝަކީލާއެވެ. އެވޯޑާއެކު، ލިބުނު އިނާމެއްގެ ގޮތުގައި އީސީޖީ މެޝިނަކާ، 3 ކޮންޕިއުޓަރ ސިސްޓަމް އަދި ދިހަހާސް ރުފިޔާ ހިމެނޭކަމަށް ރޭ އިއްލާން ކުރިއެވެ.

މި އެވޯޑުގެ އިތުރުން ހަމައެކަނި ސިއްހީ ދާއިރާއިން ފާހަގަ ކޮށްލެވޭ ފަދަ ހިދުމަތެއް ދިވެހި މުޖުތަމައަށް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ އެވޯޑް ހާސިލު ކުރީ ޑައިބެޓީސް ސޮސައިޓީ އެވެ.

DSC_0520

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އާއްމު ސިއްހަތު ރައްކާތެރި ކުރުމަށް ޚާއްސަ ގޮތެއްގައި ކުދި ސޫފާ ސޫފިންޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ފަރުދީގޮތުން ކުރަންޖެހޭ އެތައް ކަމެއް މަޑުޖެހިފައިވާ ކަން ހިތާމައާއެކު ފާހަގަ ކުރައްވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ޑެންގީ ހުމާއި ސްކްރަބް ޓައިޕަސްފަދަ ނުރައްކާތެރި ބަލިތައް އިތުރުވެ، ބައެއް މީހުންގެ ފުރާނައަށް ގެއްލުންވަމުންދާކަން ވެސް ފާހަގަ ކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފަހަކަށް އައިސް ދިވެހިންނާ ބީރައްޓެހި ވަރަށް ގިނަ އަދަކާތައް އަށަގަނެ، ގޯތި ގެދޮރާ ވެށީގެ ސާފުތާހިރުކަަމަށް ދެވޭ އަހަމިއްޔަތުވެސް ވަރަށް ކުޑަވެފައިވާ ކަމަށެވެ.

DSC_0458

ޑރ. ޝަކީލާ ވިދާޅުވި ގޮތުގައި ސިއްހީ ޚިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް އެތައް ބައެއްގެ ގިނަގުނަ މަސައްކަތްކެއްގެ ސަބަބުން ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތައް މިއަދު ނައްތާލެވިފައި ނުވަތަ އެ ބަލީގެ ނުރައްކާތެރިކަން ނެތް މިންވަރަކަށް ވަނީ ދަށްކުރެވިފަ އެވެ.

“މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ގައިން ގަޔަށް ނާރާ ބަލިތަކުގެ ބިރު. އަދި މިފަދަ ބަލިތައް ފެންނަމުންދާ މިންވަރުދަނީ އިތުރުވަމުން. ރާއްޖޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު 70 އިންސައްތަ މަތީ ގައިން ގަޔަށް ނާރާ ބަލިތަކުން މީހުން މަރުވާ ނިސްބަތް. ހިތާމަޔާއެކު ފާހަގަކުރަނީ ރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިޔާގައި ގައިން ގައިން ނާރާ ބަލިތަކުން އެންމެ ގިނައިން މީހުން މަރުވާ އެއް ގައުމުކަން. މިއީ މިއަދު އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް،” މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Abdul muhaimin

    ” ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން މިދިޔަ އަހަރު އަތޮޅުތެރޭގައި އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ހޮސްޕިޓަލަކަށް ބ. އަތޮޅު ހޮސްޕިޓަލު ހޮވައިފި އެވެ.” މަރުޙަބާ! މިދިޔަ އަހަރު ބ.އަތޮޅު ހޮސްޕިޓަލަށް މާބަނޑު އަންހެނަކު ގޮވައިގެން ދިޔަ ރ. އަތޮޅު ބަޔަކަށް، ހޮސްޕިޓަލުގައި އިންޖެކްޝަނެއް ނެތޭ ބުނެ ގޭގައި މަޑުކޮށްލުމަށް ބ. އަތޮޅު ހޮސްޕިޓަލުން އަންގާފައިވާކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބުނެވެ. އޭރު އެ އަންހެން މީހާ އިނީ ބަނޑުގައި ރިހިރިހިއެވެ. ގެއަށް ފޮނުވާލިކަމަށްވަނީ އިންޖެކްޝަން ލިބުނީމާ އަންނަ ގޮތަށެވެ. އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އެ މާބަނޑުމީހާ ބެލެހެއްޓުން ރައްކާތެރިވެފައި ރަނގަޅުވާނެއެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.