މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ބ. އަތޮޅުހޮސްޕިޓަލް ގުޅިގެން ކުޑަކުދިންގެ އިއްޔެ ހަވީރެއް ބާއްވައިފި އެވެ.
“މަދިރި ފެއާ 2014” ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ބޭއްވި ހަވީރުގައި ސިއްހީއެކިއެކި މައުލުމާތު ދިނުމާއި މަދިރިގެ ޒަރީއާއިން ޖެހޭ މައުލުމާތާއި މެސެޖްތައް ފޯރިކޮށްދީފައިވެ އެވެ.
އޭދަފުށީ ރަސްމީ ސްޓޭޖް ސަރަހައްދުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކު ބޭއްވި ހަވީރުގައި އެ ކުދިންނަށް ތަފާތު ކުޅިވަރުތައް ބޭއްވުމާއި އޭދަފުށީ މުނިފުހި ފިލުމުގެ ހަރަކާތްތަކުގެ އިތުރުން ކާބޯތަކެތީގެ މައުރަޒެއްވެސް ކުރިއަށް ދިޔައެވެ.
ހެލްތު މިނިސްޓްރީ ބުނީ މިއަދު ވަހީރު ތުޅާދޫގައި މާދަމާ ހަވީރު ހިތާދޫގައިވެސް ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފަިއވާ ކަމަށެވެ.