ޖައްވަށް ގެންދިޔަ ޗެރީ ގަސްތައް 6 އަހަރު ކުރިން ފޯދިއްޖެ

Cherry_fruit_on_tree

ގަސްގަހާގެހި ދުނިޔޭގެ ބިމުގައި ފޯދުމަށް ވަކި މުއްދަތެއް ނަގައެވެ. އެ ގޮތުން ޗެރީ ފޯދެނީ އެ ގަސް އިންދާތާ 10 އަހަރު ފަހުންނެވެ.

ނަމަވެސް ޖަޕާންގެ ސައިންސްވެރިންނަށް މިހާރު ވަނީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައެވެ؛ ސަބަބަކީ 2008 ވަނަ އަހަރު ޖައްވަށް ގެންދިޔަ 250 ޗެރީ އޮށުން ފެޅި 14 ގަހެއް، ދުނިޔެއަށް ގެނެސް އަނބުރާ އިންދުމުން 6 އަހަރު ކުރިން ފޯދި، މާ ފޮޅި، ޗެރީ އަޅަން ފެށުމުންނެވެ.

ޖައްވުގައި އޮށްތައް ފަޅައިގެން ކުދި ގަސްތަކެއްގެ ގޮތުގައި 8 މަސް ދުވަސް މި 14 ގަސް ޖައްވުގައި ހޭދަ ކުރިއެވެ. އަދި ދުނިޔެއަށް އަނބުރާ ގެނައުމަށް ފަހު ވަނީ ޖަޕާންގެ އެކި ސަރަހައްދުތަކުގައި އިންދައިފައެވެ.

ޖަޕާންގެ ޔުނިވަރސިޓީ އޮފް ސުކުބާގެ ސައިންސްވެރިޔާ ކައޯރީ ޓޮމިޓަ-ޔޮކޮޓާނީ ވިިދާޅުވީ މި ވަރުގެ ބޮޑު ބަދަލެއް މި ގަސްތަކަށް އައުމުގެ އަސްލު ސަބަބެއް ނޭނގޭ ކަމަށާއި ނަމަވެސް ދެ ސަބަބެއް ވެދާނެ ކަމުގައެވެ. އެގޮތުން އެއް ކަމަކީ ޖައްވުގައި ‘ކޮސްމިކް ރޭ’ތަކަށް މާ ވަރުގަދައަށް ހުށަހެޅުމެވެ. އަނެއް ގޮތަކީ އެހެން ޗެރީ ގަސްތަކުގެ “ދަރިފަނި” މި ޗެރީ ގަސްތަކުގެ މަލުގެ ކަރުގަނޑަށް ކުދިކުދި ސޫފިތައް ގެނެސްދިނުމެވެ. އެއީ މަލުން ފޮނި ބުއިމުގެ ތެރޭގައެވެ.

ނަމަވެސް އޭނާ ބޮޑަށް ބުރަވަނީ ކޮސްމިކް ރޭތަކުގެ މައްޗަށެވެ. ކޮސްމިކް ރޭ އަކީ ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމުން ބޭރުން އަންނަ ރޭޑިއޭޝަން ދޯދިތަކެކެވެ. ނަމަވެސް މި ތަކެތީގެ އަސްލު ވަނީ ހާމަ ނުވެފައެވެ. މި ދޯދިތަކުން މަހުލޫގުންނާއި އެހެނިހެން އެއްޗެހީގައި ހުންނަ އިލެކްޓްރިކަލް މާއްދާތަކަށް އަސަރު ކުރާ ކަމަށް ދައްކާފައިވެއެވެ.

ޖަޕާނުން މި ޗެރީ އޮށްތައް ޖައްވަށް ފޮނުވީ ކުޑަކުދިންގެ ޝައުގުވެރިކަން ސައިންސަށް އަނބުރާލުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.