އާއިލާތަކަށް ޑޮކްޓަރުން ހަމަޖެއްސުމުގެ ޕްރޮގްރާމަށް ލިބޭ ތަރުހީބު ކުޑަ!

ބ. އަތޮޅުހޮސްޕިޓަލުން ހިދުމަތް ހޯދަން ގޮސް ތިބި ބައެއް: މި ދުވަސްވަރު މިރަށުގައި ވައިރަލް ހުމެއް ފެތުރެމުންދާ ކަމަށް ހޮސްޕިޓަލުން ބުނޭ.-ފައިލް ފޮޓޯ
ބ. އަތޮޅުހޮސްޕިޓަލުން ހިދުމަތް ހޯދަން ގޮސް ތިބި ބައެއް:

 

ބ. އަތޮޅުގައި ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް ލިބޭ ތަރުހީބު ވަރަށް ކުޑަ ކަމަށް، ބ. އަތޮޅުހޮސްޕިޓަލުން ބުނެފި އެވެ.

އަތޮޅުހޮސްޕިޓަލުން ބުނިގޮތުގައި ބ. އަތޮޅުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ ޕްރޮގްރާމުގައި މިހާތަނަށް ރަޖިސްޓްރީވީ  345 މީހުންނެވެ.  ބ. އަތޮޅުގައި 13000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

“މި ޕްރޮގްރާމްގެ މައުލޫމާތު އިތުރަށް ފޯރުކޮށްދެވުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރުވެސް ކުރިއަށްދާނެ،” ސީނިއާ ކޮމިއުނިޓީ ހެލްތް އޮފިސަރު ސިދްގީ އަބްދުﷲ  އެވެ.

“ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް” ހަމަޖެއްސުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ.

މި ޕްރޮގްރާމުގެ ދަށުން މި ޚިދުމަތް ފޯރުކޮށްދެނީ އާއިލީ ޑޮކްޓަރެއްގެ ގޮތުގައި ކަނޑައަޅާ މެޑިކަލް އޮފިސަރެއްގެ އިތުރުން ނަރުހުންނާއި އިތުރު ސިއްހީ ޚިދުމަތްތެރިއެއް އެކުލެވޭ ޓީމަކުންކަމަށް ބ. އަތޮޅުހޮސްޕިޓަލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.