ހިލޭ ސްކައިޑައިވް ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މަންޓާ އެއާ އިން ފަށައިފި

އަންނަ މަހު ރާއްޖޭގައި ބާއްވާ ސްކައިޑައިވް މޯލްޑިވްސް ހަރަކާތުގައި ހިލޭ ސްކައިޑައިވް ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މަންޓާ އެއާ އިން ފަށައިފި އެވެ.

މަންތާ އެއާ އިން ބުނިގޮތުގައި ސްކައި ގައިޒް ޕްރައިވެޓް ލިމިޓެޑްއާ ގުޅިގެން، މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މަންޓާ އެއާ އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ މަންޓާ އެއާ އަދި ސްކައިޑައިވް މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް ލައިކް ކުރުމުން ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަނަށް ހާއްސަ ޕޯސްޓްގައި، ސްކައިޑައިވް ކުރަންދާއިރު އެ މީހަކު ގެންދަން ބޭނުންވާ ފަރާތެއްގެ ނަން ޓެގް ކުރަން ޖެހެއެވެ. އަދި

މަންތާ އެއާ އިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ނަސީބުވެރި އެކަކު ހޮވައި އެ މީހަކަށް ދެ ފަހަރު “ޓެންޑަމް ސްކައިޑިވް” ކުރުމުގެ ފުރުސަތުގެ އިތުރުން، މަންޓާ އެއާ އިން ދެކޮޅު ޓިކެޓް ވެސް ދޭނެ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

“ޓެންޑަމް ސްކައިޑައިވް” އަކީ އަލަށް ސްކައިޑިވް ކުރާ ފަރާތްތަކަށް މި ކުޅިވަރު ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ބޭނުންކުރާ ސްކައިޑިވް ކުރުމުގެ ވައްތަރެކެވެ. އެގޮތުން، ޓެންޑަމް ސްކައިޑިވް ކުރާއިރު ފުންމާލާނީ ތަޖުރިބާކާރު އިންސްޓްރަކްޓަރަކާ އެކު، ދެ މީހުންނަށް އެއްކޮށް ފަރުމާކޮށްފައިވާ ހާއްސަ ވައިކުޑައެއްގަ އެވެ.

ސްކައިޑިވް މޯލްޑިވްސް ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 1 އިން 24 ގެ ނިޔަލަށް ގއ. ކޫއްޑޫގަ އެވެ. މި ހަރަކާތުގައި، ދުނިޔޭގެ 20 ގައުމަކުން 300 އަށް ވުރެ ގިނަ ލައިސަންސްޑް ސްކައިޑައިވަރުން ބައިވެރިވާނެ އެވެ.

ކޫއްޑޫ އަކީ މަންޓާ އެއާ އިން އެންމެ ފަހުން އުދުހެން ފެށި މަންޒިލެވެ. އެގޮތުން ކޫއްޑޫ އަށް ދަތުރުތައް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ.

އެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާ އިން މިހާރު ދަތުރުތައް ކުރަނީ ދ.  ކުޑަހުވަދޫ އާއި ބ. ދަރަވަންދޫގެ އިތުރުން ގއ. ކޫއްޑު އަށެވެ.

މަންޓާ އެއާ ތިން ވަނަ މަންޒިލަކަށް ދަތުރުތައް ފަށާފައިވާ އިރު އެއާލައިނުން ވަނީ މިހާރު ސީ ޕްލޭންގެ ދަތުރުތައް ވެސް ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.