ބިން ހިއްކުމުގެ ރަސްމިއްޔާތަށް ފޯރިއާއެކު ތައްޔާރުވަނީ

ބިންހިއްކުމުގެ ރަސްމިއްޔާތަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން. އޭދަފުށީ ބިންހިއްކުމަށް ބާއްވާ ރަސްމިއްޔާތު ވެގެން ދާނީ ރަށުގެ ތާރީޚުގައި ބާއްވާ އެންމެ އުފާވެރި އަދި އެންމެ ބޮޑުރަސްމިއްޔާތަށް ކަމަށް ކައުންސިލުން ބުނޭ: ފޮޓޯ/ އީވީ.
ބިންހިއްކުމުގެ ރަސްމިއްޔާތަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން. އޭދަފުށީ ބިންހިއްކުމަށް ބާއްވާ ރަސްމިއްޔާތު ވެގެން ދާނީ ރަށުގެ ތާރީޚުގައި ބާއްވާ އެންމެ އުފާވެރި އަދި އެންމެ ބޮޑުރަސްމިއްޔާތަށް ކަމަށް ކައުންސިލުން ބުނޭ: ފޮޓޯ/ އީވީ.

 

ބ. އޭދަފުށީ ބިން ހިއްކުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެގޮތުން މި ރަށުން ދަނީ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.

ބިން ހިއްކުމުގެ ރަސްމިއްޔާތު ބޭއްވުމަށް ޚާއްސަ ދަރުބާރެއް ދެކުނު ފަރާތުގައި ތައްޔާރުކުރުމުގެ މަސައްކަތް އިއްޔެ ހަވީރުވަނީ ފަށައިފަ އެވެ. އަދި މި ރަސްމިއަޔާތަށް ތައްޔާރުވުމުގެ ގޮތުން ދަނީ، މުނިފޫހިފިލުވުުގެ ޚާއްސަ ނެށުންތަކެއްވެސް ތައްޔާރު ކުރަމުންނެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު މިއަދު އީޓީ އަށް ވިދާޅުވި ގޮތުގައި ބިން ހިއްކުމުގެ ރަސްމިއްޔާތު ފެށުމަށް ކުރަންޖެހޭ ކަންތައްތައް އަދިވެސް ދަނީ ކުރިއަށެވެ.

“މި މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު މާދަމާ މިރަށަށް ގެނެވޭވަރު ވާނެ، އުއްމީދު ކުރަނީ މި ހަފްތާ ބަންދުތެރޭ އަމަލީ މަސައްކަތް ފެށޭނެ ކަމަށް” އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ މި މަޝްރޫއު ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުވެސް އަންނަ ހަފްތާތެރޭ ބޭއްވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އާއި ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އޭދަފުށިން ހިއްކާ ސަރަހައްދުގެ ބިމުގެ ވަށައިގެންޖަހާ ރިވެޓްމަންޓަށް ބޭނުންވާ ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ ހަފްތާތެރޭ އޭދަފުއްޓަށްވަނީ ޖަމާކޮށްފަ އެވެ.

ރިވެޓްމަންޓް ޖެހުމަށް ގެނައި ހިލަ ބާޖުން މިދިޔަ ހަފްތާ ހިލަ ބާލަނީ: ފޮޓޯ އަބޫ ޔައުލާ
ރިވެޓްމަންޓް ޖެހުމަށް ގެނައި ހިލަ ބާޖުން މިދިޔަ ހަފްތާ ހިލަ ބާލަނީ: ފޮޓޯ އަބޫ ޔައުލާ

 

ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ އޭދަފުށިން ގާތްގަޑަކަށް 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް އިންޓަނޭޝަނަލްއާ އެވެ.

އޭދަފުށީ ބިން ހިއްކުމުގެ މަޝްރޫއު މިދިޔަ މަސް ނިމުމުގެ ކުރިން ފެށުމަށް އެ ކުންފުންޏާ އެކު ސަރުކާރުން އެއްބަސްވެފައިވީ ނަމަވެސް މި މަސައްކަތް ލަސްވެގެން ދިޔައީ އީއައިއޭ އާ ޚިލާފަށް ބިން ހިއްކުމުގެ ސަބަބުން ދ. މީދޫގައި ނުކުތް މައްސަލަތަކާގުޅިގެން ކަމަށްވެ އެވެ.

ކައުންސިލުން ބުނިގޮތުގައި އޭދަފުށީ ބިންހިއްކުމަށް ބާއްވާ ރަސްމިއްޔާތު ވެގެން ދާނީ ރަށުގެ ތާރީޚުގައި ބާއްވާ އެންމެ އުފާވެރި އަދި އެންމެ ބޮޑުރަސްމިއްޔާތަށެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. aaaaaswg

    ސީޓޭ ހަޖަމް ކޮށްބަލަ. 100 ވޯޓުވެސް ނުލިބުނެންނު. ރަށުތަރައްގީ އަށް ސީޓޭ މެން ހޮވިނަމަ އަޅާނީ ހުރަސް. ނަސީބެންނު

    ރައްދު
  2. majaa

    ކޮންވެންޝަން ސެންޓަރ ދޯ.. ތިއޮތީ ވާ މޮޅު ކައުންސިލެއް. އަނެއްކާ ކޮންވެންޝަން ސެންޓަރ ހަދަން އުޅެނީ ހުސް ދަންނަ ބޭކަލުން..

    ރައްދު
  3. އަހްމަދު ރަޝީދު = ސީޓޭ

    ރަށުގެ ތަރައްޤީއަށް އެންމެން އެއްއަޑުން “އާނ” ބަސްބުނެ، އެއްބައި ވަންތަކަމާއެކު ކުރިޔަށް، ކުރިޔަށް، ކުރިޔަށް. ބާރަށް ކުރިޔަށް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.