އެންވަޔަރަމަންޓް މިނިސްޓަރު އިބްރާހިމް ތޯރިގް މިއަދު އޭދަފުއްޓަށް ވަޑައިގެންފި އެވެ.
މިއަދު ހެނދުނު އޭދަފުއްޓަށް ވަޑައިގެން މިނިސްޓަރު ވަނީ އަތޮޅު ކައުންސިލު މެންބަރުންނާ ބައްދުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި މައިގަޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާ ބެހޭގޮތުންނެވެ. އަދި މިތަންތަން މިހާރަށްވުރެ ބޮޑަށް ބެލެހެއްޓުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
ދެ ދުވަހުގެ މުއްދަތަށް މިނިސްޓަރު ކުރައްވާ މި ދަތުރުފުޅުގައި އޭދަފުށީ ކައުންސިލަރުންނާއި މިއަތޮޅުގެ ބައެއް ރިސޯޓްތަކުގެ މެނޭޖްމަންޓާވެސް ބައްދަލުކުރައްވާގޮތަށްވަނީ ހަމަޖެހިފަ އެވެ.