އަރަބިއްޔާގެ މުދީރަކަށް ޑރ. ޒިޔާދު

ޑރ. އަހްމަދު ޒިޔާދު ބާޤިރު
ޑރ. އަހްމަދު ޒިޔާދު ބާޤިރު

 

އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ މުދީރަކަށް ބ. އޭދަފުށީ ހަލަވެލި ޑރ. އަހްމަދު ޒިޔާދު ބާގިރު ހަމަޖައްސައިފި އެވެ.

ޑރ. ޒިޔާދު އެޑިޔުކޭޝަންމިނިސްޓްރީން އަރަބިއްޔާގެ މުދީރުގެ މަގާމަށް ހަމަޖެއްސީ މިދިޔަ ހޯމަދުވަހު ކަމަށެވެ.

އަރަބިއްޔާގެ މުދީރުގެ މަގާމުގައި ކުރިން ހުންނެވީ އައްޝެއިހް މުހައްމަދުރަޝީދު އިބްރާހީމް ރަޝީދު އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މުހައްމަދުރަޝީދު އެ މިނިސްޓްރީގެ ވަޒީފާއަކަށް ބަދަލުކުރައްވާފަ އެވެ.


އަރަބިއްޔާގެ މުދީރުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި ޒިޔާދު އަކީތައުލީމީ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާބޭފުޅެކެވެ.

އިސްލާމީ ފިގުހުގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. ޒިޔާދުފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ އިސްލާމީކް އެޑިޔުކޭޝަންގެ ދާއިރާއިންނެވެ. ޒިޔާދު ވަނީ މީގެ ކުރިން ކުއްލިއްޔާގައި ޑީން އެއްގެ މަގާމު ވެސްފުރުއްވާފަ އެވެ. އަދި މިހާރު ވެސް އޭނާ ގެންދަވަނީ ކުއްލިއްޔާއާއި ގައުމީޔުނިވަސިޓީގައި ސީނިއަ ލެކްޗަރައެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.