ބިން ހިއްކަން މިއަދު ނޫނީ މާދަމާ ފަށާނެ: ކައުންސިލް

އޭދަފުށީ ބިންހިއްކުމަށް ހޮޅިލައިން އެޅުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ ތޯރިގް
އޭދަފުށީ ބިންހިއްކުމަށް ހޮޅިލައިން އެޅުމުގެ މަސައްކަތް ކުރަނީ– ފޮޓޯ ތޯރިގް

ބ. އޭދަފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މިއަދު ހަވީރު ނޫނީ މާދަމާ ފެށޭވަރުވާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ ބިންހިއްކުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި  ބިންހިއްކުމަށްޓަކައި ބޭނުންކުރާ ސާމާނުތައްވެސް މިހާރު އޭދަފުއްޓަށް ގެނެސްފައިވާ ކަމަށް އޭނާ  ވިދާޅުވި އެވެ.

“މި ބަލަނީ މިއަދު ހަވީރަށް ހޮޅިލައިން ސެޓްކޮށް ވެލިއަޅަން ފަށާނެކަމަށް. މިއަދު ހަވީރު ނުނީ މާދަމާ މި މަސައްކަތް ފެށޭނ،” ރިޒާ ވިދާޅުވި އެވެ.

 އޭދަފުށީ އޮފީހުން ބުނި ގޮތުގައި އެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވުމަށް ރައީސް ޔާމީނާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ ބައެއް އިސް މި ފެށޭ ހަފްތާތެރޭ މިރަށަށް ވަޑައިގަންނަވާނެ އެވެ.

15

ބ. އޭދަފުށީ ބިން ހިއްކުމުގެ ރަސްމިއްޔާތަށް މި ރަށުން ދަނީ ވަރަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ. ބިން ހިއްކުމުގެ ރަސްމިއްޔާތު ބޭއްވުމަށް ޚާއްސަ ދަރުބާރެއް ދެކުނު ފަރާތުގައި ތައްޔާރުކޮށްފައިވާއިރު ރެއިން ފެށިގެންދަނީ ރަށުގެ ބައެއް ސަރަހައްދު ތަކުގައި ދިދަ ދަމާ ޒީނަތްތެރިކުރަމުންނެވެ. އަދި މުނިފޫހި ފިލުމުގެ ކުޅިވަރު ހަރަކާތްތަކެއްވެސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ އޭދަފުށިން ގާތްގަޑަކަށް 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް އިންޓަނޭޝަނަލްއާ އެވެ.

ކައުންސިލުން ބުނިގޮތުގައި އޭދަފުށީ ބިންހިއްކުމަށް ބާއްވާ ރަސްމިއްޔާތު ވެގެން ދާނީ ރަށުގެ ތާރީޚުގައި ބާއްވާ އެންމެ އުފާވެރި އަދި އެންމެ ބޮޑުރަސްމިއްޔާތަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. a.riza

    ވަރަށް ބޮޑަށް ކުލަޔަށް ބެލިފައި ހުރިކަން ފާހަގަ ކުރެވޭ، ތިޔަކަން ތިކުރެވެނީ އެއްގޮތަކަށްވެސް ޕީ،ޕީ މީހުންގެ މަސައްކަތަކުންނޫން، ތިޔަމަސައްކަތުގައި އެއްމެ ބޮޑު ހިއްސާ އެއް އޮތީ އެމް،ޑީ،ޕީ މެންބަރުންގެ، އެއީ އަން ދައުރުގައި ބަޖެޓްގައި ހިމެނި 2012ވަނައަހަރު ކުރަން ނިންމާފައި އޮތްކަމެއް ކަމަށްވާތީ، މިއީ ދޮގެއްތޯ 2012ވަނަ އަހަރަށް މަޖިލިސް އިންފާސްކުރި ބަޖެޓް ބައްލަވާ ލައްވާ ލެއްވުން ރަދަޅުވާނެ….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.