ފޭސްބުކް އަދި ގޫގްލްގެ ނުފޫޒާމެދު ޖަރުމަނުން އިންޒާރެއް

fb and ggl

ފޭސްބުކް އަދި ގޫގްލް މިއަދު ވަނީ ދުނިޔޭގެ އެންމެންހެން އެ މީހުންގެ ނުފޫޒުގެ ދަށަށް ގެނެސްފައި ކަމަށާއި މިއީ ފަރުދުންގެ ފަރުދީ ހައްގުތައް ނިގުޅައިގަތުމަށް ވަކި ބަޔަކަށް ދެވޭ ނާޒާއިޒު ބާރެއް ކަމަށްޖަރުމަނުގެ މީޑިއާ ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވެއްޖެއެވެ.

އެކްސްލް ސްޕްރިންގަރ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) މެތިއަސް ޑޮފްނަރ ވިދާޅުވީ، ހިތާމައަކީ ގޫގްލް ނޫން އެހެން ބަޔަކަށް ގޫގްލްވަރުގެ ސާރޗް އިންޖީނެއް ނުހެދޭތީ، ގޫގްލްގެ އަޅަކަށް ވާން ޖެހިފައިވާ ކަމެވެ.

ފޭސްބުކް އަދި ގޫގްލްގެ އުފެއްދުންތެރިންނާއި ވެރިންނާއި އަދި ބޭނުން ކުރާ ފަރާތްތަކަށް “އާ ބާރެއް” ލިބިދީފައިވާ ކަމަށް ވެސް އޭނާ އިއުތިރާފު ވެވަޑައިގަތެވެ.

“ކުންފުންޏަކަށް އެ މީހުންގެ ކަސްޓަމަރުންނާ ބެހޭ މައުލޫމާތު އެންމެ ބޮޑަށް އެނގެނީ ގޫގްލްއަށް. ބޭނުން ވެއްޖެ ހާލަތެއްގައި ވިޔަފާރި އަދި ޒާތީ އީމޭލް ވެސް ބެލޭ ގޮތަށް އޮންނަނީ،” ޑޮފްނަރ ވިދާޅުވިއެވެ.

ފޭސްބުކްގެ އެއް އުފެއްދުންތެރިޔާ މާރކް ޒަކަރބަރގަށް “ޒާތީ ރައްކާތެރިކަން ފަހުމް ނުވާ” ކަމަށާއި މިހެންވެ “ފޭސްބުކްގައި އުޅޭނީ ހާމަ ކުރަން ޖެހޭ ވަރުގެ ސިއްރެއް ނެތް މީހުން” ކަމަށް ޒަކަރބަރގް ބުނެފައިވާ ބުނެފައިވުމަށް ވެސް ޑޮފްނަރ އިޝާރާތް ކުރެއްވިއެވެ.

“އެ ކަހަލަ ވާހަކައެއް ވިދާޅުވާނީ ޑިމޮކްރެސީއެއްގައެއް ނޫން… ނަމަވެސް ހުދުމުހުތާރުވެރިކަމެއްގައި،” ޑޮފްނަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.