އޭދަފުށީގެ ބިން ހިއްކަން ފަށައިފި

އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ:
އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ:

 

ބ. އޭދަފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ހެންދުނު ފަށައިފި އެވެ.

ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް އިންޓަނޭޝަނަލް އިން ފެށީ މިއަދު ހެދުނު 6:45 ހާއިރު މިރަށު އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑާ ދިމާލުންނެވެ.

ދިވެހި ސަރުކާރުގެ ބަޖެޓުން ގާތްގަޑަކަށް 125 މިލިއަން ރުފިޔާ ހޭދަކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން މިރަށުން 25.9 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިރަށުގެ މިހާރުގެ ބޮޑު މިނަކީ ގާތްގަޑަކަށް 31 ހެކްޓަރެވެ.

މި މަސައްކަތް ބޮސްކާލިސްއާ ހަވާލުކޮށްފައި ވަނީ 21 ދުވަހުގެ ތެރޭގައި ބިން ހިއްކައި ނިންމާލުމަށެވެ.

    އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ:
އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ:

 

ބިން ހިއްކުން ފެށުމުގެ ގޮތުން މިއަދު ވަކި ޚާއްސަ ރަސްމިއްޔާތެއް ނެތެވެ. ނަމަވެސް ކައުންސިލުން ބުނީ މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވުމަށް ރައީސް ޔާމީނާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން މި ފެށޭ ހަފްތާތެރޭ މިރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. Information

    ރާއްޖޭގައި ފުރަތަމަ ބޮސްކާލިސް އިންޓަރނޭޝަނަލް އިން މަސައްކަތް ކޮށްފައިވަނީ 2005 ވަނައަހަރު. ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ހަލާކުވި ތ.ވިލިފުށީ ބިން ހިއްކުމަށް. 2001 ވަނަ އަހަރު ބ.ތުޅާދޫ ބިންހިކުމަށްޓަކައި ބޮސްކާލިސް އާއެކު ސަރުކާރުން ވާހަކަދައްކާފައިވާއިރު، އެއަހަރު އެމަސްރޫ ކުރިއަށް ނުގެންދިޔައީ ސަރުކާރުގައި އެކަމަށް ބޭނުންވާވަރަށް ފައިސާނެތުމުން. އެހެން ވީމަ މީ ރައީސް ނަޝީދު މިރާއްޖެއަށް ތަޢާރަފް ކުރި ކުންފުންޏެކޭ ކިޔަސް ގަބޫލް ކުރަން ވަރަށްވެސް ދަތި. ކުދިންނޭ ރަގަޅު މައުލޫމާތު ހޯދާލާ. ބޮސްކާލިސްގެ ވެބްސައިޓުގައިވެސް އިނީ ހަމަ އެކަނި ވިލިފުށި ހިއްކި ވާހަކަ އެކަނި. ނަޝީދުގެ ސަރުކާރުގައި ހިއްކި އެއްވެސް ރަށެއްގެ މައުލޫމާތެއް ހިމަނާފައެއްނުވޭ؟؟؟ މީވަރަށް ބޮޑު ސުވާލަކަށްވީ. އަބަދުވެސް ވަލު ދޮރާށިން ވަދެއް ކަން ކުރާ އުސޫލުން ކަންކަން ކުރީމާ ރައްޔިތުންގެ ތެރެއުބްކަންކަން ނިމިދާނީވެސް ހަމަ މިހެން. މިސާލަކަށް ދިއްދޫ ބިންހިއްކުމުން ދިއްދޫއަށް ދިމާވި ރައްގިރުމުގެ މައްސަލަތައް ފަދަ މައްސަލަތައް ފާހަގަކޮށްލަން. އޭދަފުއްޓައް އައި މިއުފާވެރި ދުވަސް 19-04-2014 ކޮންމެ އަހަރަކު ރަށުފެންވަރުގައި ފާހަގަކުރުމަށް އެދަފުށީ ކައުންސިލަށް ގޮވާލަން. އެދަފުށީ ދަރިއަކަށްވީތި ފަޙްރުވެރިވަން.

    ރައްދު
  2. Information

    ރާއްޖޭގައި ފުރަތަމަ ބޮސްކާލިސް އިންޓަރނޭޝަނަލް އިން މަސައްކަތް ކޮށްފައިވަނީ 2005 ވަނައަހަރު. ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ހަލާކުވި ތ.ވިލިފުށީ ބިން ހިއްކުމަށް. 2001 ވަނަ އަހަރު ބ.ތުޅާދޫ ބިންހިކުމަށްޓަކައި ބޮސްކާލިސް އާއެކު ސަރުކާރުން ވާހަކަދައްކާފައިވާއިރު، އެއަހަރު އެމަސްރޫ ކުރިއަށް ނުގެންދިޔައީ ސަރުކާރުގައި އެކަމަށް ބޭނުންވާވަރަށް ފައިސާނެތުމުން. އެހެން ވީމަ މީ ރައީސް ނަޝީދު މިރާއްޖެއަށް ތަޢާރަފް ކުރި ކުންފުންޏެކޭ ކިޔަސް ގަބޫލް ކުރަން ވަރަށްވެސް ދަތި. އޭދަފުށީ ބިންހިއްކުމަށް

    ރައްދު
  3. aaaaaswg

    އަސްލަމުމެން ނަށްކަޑަވާނެ. ބަލަ އެމްޑީޕީ މީހުންނަކަށް ނުވިއެއްނު ތިކަމެއް. ދެން ތިބޭ މަޑުން ކަޑަވަންދެން. މަ ބަލާނަމޭ އަސްލަމް މެން ހިއްކިތަނަށް ނާރާތޯ.

    ރައްދު
  4. kaaku

    މީ އެމް ޑީ ޕީ މީހުންނަށް އާކަމެއްނޫންމީކީ ފުރަތަމަ ބޮސްކާލިސް ރާއްޖެ ގެނައީ ތިކިޔާ ރައީސް ނަޝީދް 3 އަހަރު ދުވަހު 4 ރަށެއްގެ ބިންހިތްކީ ރައީސް ނަޝީދުގެ ވެރިކަމުގައި، ރިޔާސީ އިންތިހާބު ތެރޭގައި ބިންހިއްކުމާ ފުޓްބޯޅަދަނޑެއް އަޅާވާހަކަ ދެއްކީ ރައީސް ނަޝީދް މިކަމާ ދެކޮޅު ހެދީ އޭރުގެ އިދިކޮޅުމީހުން ޕޯޑިއަމް ތަކަށް އަރާކީ ތިޔަބޭފުޅުން ބިންހިއްކަން ބޭނުންތޯ؟ ވަގުތުން އޯޑިއަންސްބުނީ ނޫން ތިމަންނަމެން ބޭނުމީ މާއްޑޫ މާއްޑޫތަ އެހިއްކަނީ؟ މިކަން އެމް ޑީ ޕީ މީހުންނަށް އަލެއްނުވާނެ. މިކަން އާވާނީ 30 އަހަރުގެ މީހުންނަށް

    ރައްދު
  5. (Abdul Hameed Abdul Kareem (SK

    އޭދަފުށީގެ ލޮބުވެތި ހުރިހާ ރަތްޔިތުންނަށް ހެޔޮދުއާ ސަލާން ރައްދުކުރަން.
    މިއަދަކީ ތިޔަލޮބުވެތި ރަތްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް. ގެދޮރުގެ ދަތިކަން ދިމާވެފައިވާ މިރަށުގެ ހުރިހާ ރަތްޔިތުންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެންނަންޖެހޭ ދުވަހެއް. އަޅުގަނޑު އުފާވަނީ ﷲގެ ރަހުމަތާއެކު އަޅުގަނޑަށް އަމިއްލަ ގެދޮރު މިރަށުން ލިބިފައިވާ ފަދައިން ބޯހިޔާވެހި ކަމެއް ލިބިފައިނެތް ތިޔަލޮބުވެތި ރަތްޔިތުންނަށް ހަމަ ޔަގީނުންވެސް ބޯހިޔާކޮށްލާނެ ފުރުސަތު ވަރަށް އަވަސް ފުރުސަތެއްގައި ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަށް އޮތުމުން. ވީމާ ތިޔަލޮބުވެތި ރައްޔިތުންނަށް މިފަދަ ފުރުސަތެއް ﷲ މިންވަރު ކުރެއްވީތީވެ އެކަމަށް ޝުކުރުކޮށް މިއަދަކީ ޕާޓީކުލަ އެއްފަރާތްކޮށް ހުރިހަައި އެންމެން އަތާ އަތް ގުޅާލާ އުފާވެރި ކަމުގައި މިބޮޑު މަސައްކަތައް ފުރިހަމަ އެއްބާރުލުންދީ އުޅެންޖެހޭ ވަގުތުކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުގެ ދުއާ އަކީ އަޅުގަނޑު ނެތް ދުނިޔެއެއްގައިވެސް އޭދަފުށީގެ ތިޔަލޮބުވެތި ރަތްޔިތުން އެއްބައިވަންތަކަމާ އެކު އުފާ ފާގަތިކަމުގައި މިރަށުގައި ދިރި އުޅުމުގެ ހެޔޮ ތައުފީގު ކީރިތިﷲ މިންވަރު ކުރެއްވުމެވެ. އަޅުގަނޑު މިހުރީ ހުރިހާ ފިކުރެއްގެ އަދި ހުރިހާ ކުލައެއްގެ މީހުންނާވެސް ގުޅިގެން އޭދަފުށި ކުރިއަށްގެންދިއުމަށް ނިކަން އަތުކުރި އޮޅާލައިގެންނެވެ. އަލްހަމްދުލިﷲ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.