އޭދަފުއްޓަށް ތާރީހީ ބޮޑު ދުވަހެއް

    އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ:
އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ:

“އަހަރެމެންގެ ހުވަފެން ހަމަ ރަނގަޅަށް ހަގީގަތަކަށް ވެގެން މި ދިޔައީ. މި ވަރުގެ އުފަލެއް ހަޔާތުގައިވެސް މިހާތަނަކަށް އަދި ނުލިބޭ. އަހަރެމެންނަށް އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގޭ. މިއީ މިރަށު ރައްޔިތުންގެ ޒަމާންވީ ހުވަފަނެއްގައި ކުލަ ޖެހުން ކަމަށް ގަބޫލު ނުކުރަންވީ ސަބަބެއް މިހާރަކު ނެތް. ބުނެލަން އޮތް ހަމައެކަނި ބަހަކީ ޕީޕީއެމް ކޯލިޝަން ސަރުކާރަށާއި ރައީސް ޔާމީނަށް އަދި މެންބަރު ސަލީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. އޭދަފުށީ ބިންހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފެށުމާ ގުޅިގެން ހަވީރު ބިންހިއްކާތަން ބަލަން ދިޔަ އަންހެނުންތަކެއް ބުންޏެވެ. މިކަމުން އެނިގެގެންދަނީ މި ސަރުކާރަކީ ވައުދުވާ ވައުދު ފުއްދާ ސަރުކާރެއްކަން. އަދި ރައްޔިތުންނަށް ކަމެއްކޮށްދޭން ބޭނުންވެއްޖިއްޔާ އެކަމެއް ކުރެވިދާނެކަން، މި ދުވަސް ދެކެން ރައްޔިތުން ކެތްމަދުވެފައިވާތާ ލައްކަ ދުވަސްވެއްޖެ.”

ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ އޭދަފުށީ ބިންހިއްކުން ރަސްމީކޮށް އަދި ނުފެށި ނަމަވެސް، މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ. އެހެންވެ، މިއަދު ވެގެން ދިޔައީ އޭދަފުށީ އެންމެން ވެސް އުފާކުރި ދުވަހަކަށެވެ. މިއަދަކީ މުޅި ރަށަށް ތާރީހީ ދުވަހެކެވެ.

އޭދަފުށީގެ ބިން ހިއްކަން ފެށޭނެ ދުވަހަކަށް މި ރަށު މީހުން އިންތިޒާރުކުރާތާ ލައްކަ ދުވަސްވެއްޖެ އެވެ. އެކަމުގައި ދުވަސްވީ މީހެއް ޒުވާނެއް ކުޑަ ކުއްޖެއް ތަފާތެއް ނެތެވެ. މިއަދު ހަވީރު ބިން ހިއްކާތަން ބަލަން ގޮސް ތިބި ބައެއް ޒުވާން ކުދން މިކަން ސިފަކުރީ “ހަބޭސް” ކަމެއްގެ ގޮތުގަ އެވެ.

އިއްޔެ ހަވީރު ބިން ހިއްކުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔައިރު އޭދަފުށީގެ ޒުވާން އަންހެންކުދިނގެ ކުރުފަލިޖެހުމުގެ ސަގާފީ ހަރަކާތެއް މރަށް ވަށައިގެން ކުރިޔަށްގެން ދިޔައެވެ. އެ މަންޒަރު ފެނުމުން އުފަލުން ގޮސް ލޮލުން ކަރުނަ ހިލުނު މީހުން ވެސް ތިއްބެވެ. އަދި މިއަދު މި ބިން ހިއްކުމުގެ މަސައްކަތް ފެށުމާއެކު ގިނަ ބަޔަކު ހިއްކާ މަންޒަރު އަރާގޮތަށް ތާރީހަށްޓަކައި ފޮޓޯ ވެސް ނެގި އެވެ. އެ މަންޒަރުތައް ސޯޝަލް ނެޓްވޯކްތަކުގައި ވަގުތުން ފެތުރިގެން ދިޔަ އެވެ.

2

އޭދަފުށީ ބިން ހިއްކަންފެށި ޚަބަރު މިއަދު އީޓީގައި ޖެހުމާއެކު އަބްދުލްހަމީދު އަބްދުލްކަރީމުގެ އޭނާ ގެ ހިޔާލު ވަގުތުން ފާޅުކުރި އެވެ.

“މިއަދަކީ ތިޔަލޮބުވެތި ރަތްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް. ގެދޮރުގެ ދަތިކަން ދިމާވެފައިވާ މިރަށުގެ ހުރިހާ ރަތްޔިތުންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެންނަންޖެހޭ ދުވަހެއް. އަޅުގަނޑު އުފާވަނީ ﷲގެ ރަހުމަތާއެކު އަޅުގަނޑަށް އަމިއްލަ ގެދޮރު މިރަށުން ލިބިފައިވާ ފަދައިން ބޯހިޔާވެހި ކަމެއް ލިބިފައިނެތް ތިޔަލޮބުވެތި ރަތްޔިތުންނަށް ހަމަ ޔަގީނުންވެސް ބޯހިޔާކޮށްލާނެ ފުރުސަތު ވަރަށް އަވަސް ފުރުސަތެއްގައި ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަށް އޮތުމުން،”

 c

“ވީމާ ތިޔަލޮބުވެތި ރައްޔިތުންނަށް މިފަދަ ފުރުސަތެއް ﷲ މިންވަރު ކުރެއްވީތީވެ އެކަމަށް ޝުކުރުކޮށް މިއަދަކީ ޕާޓީކުލަ އެއްފަރާތްކޮށް ހުރިހައި އެންމެން އަތާ އަތް ގުޅާލާ އުފާވެރި ކަމުގައި މިބޮޑު މަސައްކަތައް ފުރިހަމަ އެއްބާރުލުންދީ އުޅެންޖެހޭ ވަގުތުކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުގެ ދުއާ އަކީ އަޅުގަނޑު ނެތް ދުނިޔެއެއްގައިވެސް އޭދަފުށީގެ ތިޔަލޮބުވެތި ރަތްޔިތުން އެއްބައިވަންތަކަމާ އެކު އުފާ ފާގަތިކަމުގައި މިރަށުގައި ދިރި އުޅުމުގެ ހެޔޮ ތައުފީގު ކީރިތިﷲ މިންވަރު ކުރެއްވުމެވެ. އަޅުގަނޑު މިހުރީ ހުރިހާ ފިކުރެއްގެ އަދި ހުރިހާ ކުލައެއްގެ މީހުންނާވެސް ގުޅިގެން އޭދަފުށި ކުރިއަށްގެންދިއުމަށް ނިކަން އަތުކުރި އޮޅާލައިގެންނެވެ. އަލްހަމްދުލިﷲ،” އަބްދުލްހަމީދު އަބްދުލް ކަރީމް ކުރެއްވި ކޮމެންޓްގައި ވެ އެވެ.

އޭދަފުށީ ބިންހިއްކަން ފެށުމުގެ އެންމެ ފަހު ސިކުންތު ކޮޅާ ހަމައަށް ވެސް އެކަން ގަބޫލު ކުރަން ދަތިވެފައި ތިބި މީހުންތަކެއް ތިއްބެވެ. އެއީ ވަރަށް ގިނަ ސަބަބުތަކާ ވެސް ހެދި އެވެ. އޭދަފުށީ ބިންހިއްކަން ކިޔާތާ އަދި ބަޖެޓް ކުރެވި އެތައް ދުވަހެއްވީއިރުވެސް އެ މަސައްކަތް ނުފެށުމާއި، ބައެއް ސިޔާސީ ސަބަބުތަކަކާހެދި އެވެ.

ނަމަވެސް މިއަދު ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވެއްޖެ އެވެ. ބިން ހިއްކައި ނިންމާލާކަށް ދެން މާގިނަ ދުވަހެއް ނުނަގާނެ އެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. އަޙްމަދު ރަޝީދު / ސީޓޭ

    ކޮންމެ ސަރުކާރަކުން ކުރިޔަސް، ރަގަޅުވާނީ ރަގަޅަށް، ނުބަައިވާނީ ނުބަޔަށް. އޭދަފުށީގެ ބިމުން ފައިދާ ކުރާނީ ހަމަ، އޭދަފުށީގެ ރައްޔިތުންނަށް. ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް އޭދަފުށީގެ “ލޭންޑްޔޫޒް ޕްލޭން” ހަދާނެ ކަމަށް އުންމީދުކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.