ރައީސް ޔާމީން މާދަމާ އޭދަފުއްޓަށް

ރައީސް ޔާމީން އައްޑު އަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންނާ ސަލާމްކުރައްވަނީ. ޔާމިން މާދަމާ އޭދަފުއްޓަށް ވަޑައިގަންނަވާނެ. ފޮޓޯ / ޕީޕީއެމް:
ރައީސް ޔާމީން އައްޑު އަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންނާ ސަލާމްކުރައްވަނީ. ޔާމިން މާދަމާ އޭދަފުއްޓަށް ވަޑައިގަންނަވާނެ. ފޮޓޯ / ޕީޕީއެމް:

ބ. އޭދަފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން މާދަމާ މިރަށަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވީ އެ މަޝްރޫއު ފައްޓަވައިދެއްވުމަށް ރައީސް ޔާމީނާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ ބައެއް އިސް ވެރިން މާދަމާ ހެނދުނު މި ރަށަށް ވަޑައިގަންނަވާނެ އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި އެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ރަށުގެ ދެކުނު ފަރާތު އަތިރިމަތީ ގައެވެ. މި ރަސްމިއްޔާތަށް އެ ސަރަހައްދު އަދި ރަށުތެރޭގެ ބައެއް ސަރަހައްދުތައްވެސް ވަނީ ވަރަށްބޮޑަށް ދިދަ ދަމާ ޒީނަތްތެރިކޮށްފަ އެވެ. މި ރަސްމިއްޔާތަށްފަހު މުނިފޫހި ފުލުމުގެ ކުޅިވަރު ހަރަކާތްތަކެއް ބޭއްވުމުގެ ތައްޔާރީތައްވެސް ވަނީ ވެފައެވެ.

އޭދަފުށީގައި 25.9 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް އިންޓަނޭޝަނަލް އިއްޔެ ހެނދުނު ވަނީ ފަށައިފަ އެވެ. ބިން ހިއްކައި ނިމޭއިރު، ރަށުގެ ސައިޒު ގާތްގަޑަކަށް 56 ހެކްޓަރަށް ވުރެ ބޮޑުވާނެ ކަމަށް ވެއެވެ.  އޭދަފުށީގެ މިހާރުގެ ސައިޒަކީ 31 ހެކްޓަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.