އީޓީ ގެ އާ ވެބްސައިޓަށް މަރުހަބާ!

ބ. އަތޮޅުގެ ކޮމިޔުނިޓީއަށް ޚާއްސަކޮށްގެންނެރޭ އޮންލައިން ނޫސް، “އޭދަފުށީ ޓައިމްސް” ގެ އާ ވެބްސައިޓް މިއަދު ލޯންޗްކޮށްފި އެވެ.

ވެބްސައިޓް ޑިޒައިންކޮށްފައިވަނީ ވަރަށް ފަސޭހަކަމާ އެކު ވެބްސައިޓުން މައުލޫމާތު ހޯދޭނެ ގޮތުގެ މައްޗަށް ބިނާކޮށެވެ. އަދި ވަކި އެޕްލިކޭޝަނެއް ބޭނުންނުކޮށް އައިޕެޑާއި އައިފޯން އަދި އެންޑްރޮއިޑް ޑިވައިސްތަކުން ވެސް އީޓީގެ އާ ވެބްސައިޓް ބޭނުންކުރެވޭނެ އެވެ. އަދި ވެބްސައިޓް ތައްޔާރުކޮށްފައި ވަރަށް ފަސޭހަކަމާ އެކު ވެބްސައިޓުން މައުލޫމާތު ހޯދޭނެ ގޮތުގެ މައްޗަށް ބިނާކޮށެވެ. ވެބްސައިޓް މުޅިން ފުރިހަމަވެގެންދާއިރު ކުރިން އޭދަފުށީ އީޓީގެ އާކައިވް ހުރިހާ ލިޔުންތަކެއްވެސް ފެންނަން ހުންނާނެ އެވެ.

ރަށުގެ ޒުވާނުންތަކެއްގެ އިސްނެގުމުގެ މަތިން 2009 ވަނަ އަހަރު ވުޖޫދަށް އައި އޭދަފުށީ ޓައިމްސް ގެ ޓީމުން ވަނީ ބ. އަތޮޅަށް އަމާޒުކޮށް، މީގެ ކުރިން ވެސް ނޫހެއް ނެރެފަ އެވެ. މި ނޫހުގެ މަސައްކަތް ކުރަމުން މިދަނީ، އޭދަފުށި ޓުޑޭގެ ނަމުގައި ނެރުނު އޮންލައިން ނޫސް ހިންގުމުގައި އެންމެ އިސްކޮށް އުޅުނު ޓީމެވެ.

މި ނޫހަށް ޒިޔާރަތްކުތާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި އާންމުންގެ މަގުބޫލްކަންވެސް ނޫހަށް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް ފާހަގަކުރަމެވެ.

އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ، ބ. އަތޮޅުގެ ހަބަރުތައް ތާޒާކޮށް ތިޔަބޭފުޅުންނަށް ފޯރުކޮށްދީ، ބ. އަތޮޅުގައި ހިނގަމުންދާ މުހިންމު ހުރިހާ ކަމެއް ތި ބޭފުޅުން ތިއްބެވި ތަނަކަށް ގެންގޮސްދިނުމެވެ. ނަމަވެސް ކުރިއަށްއޮތް ތާނގައި މި ސަރަހައްދުގެ މުހިއްމު ހަބަރުތައްވެސް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނެ ވާހަކަ ދަންނަނަވަމެވެ. މިކަމަށް ޓަކައި، އަޅުގަނޑުމެންގެ ޓީމުން ވީ އެންމެ ރަނގަޅަކަށް ކުރިއަށް ދުވަސްތަކުގައިވެސް މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ.

މި ވެބްސައިޓަށް ވަދެވަޑައިގެންނެވި ކަމަށް ޓަކައި ޝުކުރު ދަންނަވަމެވެ. ކޮންމެ ދުވަހަކީ ވެސް އަމިއްލަ ރަށާއި އަތޮޅާ ބެހޭ މައުލޫމާތު ހޯއްދަވާ ދުވަހަކަށް ވާނެ ކަމަށް އުންމީދު ކުރަމެވެ. ހަމައެއާ އެކު ތިޔަބޭފުޅުންގެ ހިޔާލާއި އިރުޝާދަށް އަބަދުވެސް ހޫނު މަރުހަބާއެއް ދަންނަވަމެވެ. އަދި އާ އަހަރަކަށްވެސް މަރުހަބާ އެވެ

 

ގުޅުންހުރި ލިޔުންތައް

11 ކޮމެންޓް

  1. Beckham

    ވަރަށް ފަހުރުވެރިވޭ މި ސައިޓް ހަދާފަމިއީ އޭދަފުށި ކުއްޖެއްވީމަ. މީގެންވެސް އިގެނީ އޭދަފުށީގައި ގާބިލް ކުދިން ތިބިކަން. 🙂

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.