ކިޔުންތެރިންގެ ޝުއޫރު: ބިން ހިއްކަން ފެށުމުގެ ކުރިން

އޭދަފުށީ ބިންހިއްކަނީ
އޭދަފުށީ ބިންހިއްކަނީ

ތިރީގައި އެވަނީ އޭދަފުށީ ބިން ހިއްކަން ފެށުމުގެ ކުރިން ބިން ހިއްކުމާގުޅޭގޮތުން ލިޔެފައިވާ އެކިއެކި ލިޔުންތަކަށް އީޓީ ގެ ކިޔުންތެރިން ފާޅުކޮށްފައިވާ ބައެއް ކޮމެންޓްތަކެވެ.

ސަރުކާރުން ބިން ހިއްކަނީ އެއްފަސްކުރުމަށް ނަމަވެސް އޭދަފުށި ރައްޔިތުންގެ އެދުމަކީ ރަށުގެ ރައްޔިތުންނަށް ގޯތި ދިނުން. މިދެކަންތައް ދިމާކުރާނީ ކިހިނެއް؟ މިހާރުވެސް ތައުލީމު ހޯދަން އޭދަފުއްޓަށް އަތޮޅުގެ އެތައް ރަށަކުން އާއިލާތައް ހިޖުރަ ކޮށްފައި އެބަތިބި. [އޭޖީ 17/1/2013]

އަޅުގަނޑުމެން ދެކެން ބޭނުންވަނީ ތުޅާދުއަށްވީހެނެއް ނޫން … އޭދަފުށީ ހިއްކާ ނިންމާފަ އަވަހަށް ގޯތި ދޫކުރުން، ނޫނީ ޕްލެޓް އެޅުން މި ފަހަރުވެސް ގޯތި ދޫކުރަނީ ކުރީގެ 30 އަހަރުގައި ދޫކުރިގޮތަށްބާ އާއިލީ މީހުންނަށް، އޭރު ދޫކުރި ގެތަށް އަދިވެސް ހުރީ ވަށާފާރު ރާނާލާފަ އެއްވެސް އިމާރާތެއް ނެތް އެތައްގެއެއް އެބަހުރި. ބަލަ ހިއްކަން ވީމަ އެކަންވެސް ބޭނުންވެގެން އެއުޅެނީ… މަ ހަމަ ހީހީ ހަލާކު. ހިއްކާނެ ފަޅެއްހާތަން ނެތް ރަށެއް…. ދެން ތީ ބޮޑުވަރު…… [އެޑަމް، 17/1/2013]

އޭދަފުށީ ފަޅުގައި 22 ހެކްޓަރ (ހިއްކާނެތަން) އެބައޮތްތޯ؟؟؟؟ އަދި ކޮންތާކުއޮތް ތަފާސް ހިސާބަކުންތޯ އޭދަފުށީގައި މިހާރު 30 ހެކްޓަރ ހުރިކަމަށް ދައްކަނީ؟؟؟ [ކިހާދޫ ބަތްޕޮޅި 24/1/2013]

ލިޔުމުގެ ދެވަނަ ޕެރެގްރާފު ވިދާޅުވެލައްވާ.. އެއޮތީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުންނޭ. އޭދަފުށީ ބިންހިއްކައިގެން ކުރެވޭނެ އެއްފަހެއް ނެތް. އެހެންވީމަ އޭދަފުށީ ބިން ނުހިއްކާ ގޮތަށް ހަމަޖެހުނީ. ބިން ހިއްކޭނީވެސް ފަޅެއް އޮވެގެން ދޯ. މިހާރު އޭދަފުށީ ފަޅުން ބާކީ އޮތް ތަންކޮޅު ހިއްކައިފިނަމަ މީހަކު އަތިރިޔަކަށް ދާނެހައިވެސް ދެން ނޯންނާނެ. [އިބްރޭ، 23/1/2013]

މިއީ ސަރުކާރުން ކޮށްދެންޖެހޭ ކަމެއްކަމަކަށް ނުދެކެން. އެކަން ކޮށްގެންވެސް ނުވާނެ މިވެރިކަމުގަ. މިކަން ކޮއްދެންޖެހޭނީ އެމް.ޑީ.ޕީ ވެރިކަމުގައި، ސަބަބީ މިހާތަނަށް ތިޔަ ރަށުގައި ކޮއްފައިހުރި ކަންކަމަކީ އެމް.ޑީ.ޕީން ކުރަން ވިސްނާފައި ހުރި ކަންތައްތައް. [ސަލީމް، 21/1/2013]

ފަޅު ނެތް ރަށެއްގެ ބިން ހިއްކާނީ ކިހިނެއް.. ކަޑު ހިއްކަން ވެއްޖެނަމަ ވަރަސް ޚަރަދު ބޮޑުވާނެ.. އެހެންވީމާ ސަރުކާރުން މިހާރުވަނީ އެކަން ހުއްޓާލާފައި…. [ހުސައިން ފިކްރީ، 20/1/2013]

ސަލީމު ކަލޭމެން ކަނޑާނީ ފޮނި..ކަމެއްނުވާތާ ބަޔަކު ކަމެއް ކުރިޔަވެސް ނުދޭނެ….މައްސަލައަކީ ރަށުގަވެސް މިކަހަލަ މީހުންނަށް އާ، ހޫން ކިޔަން މީހުން ތިބޭތީ!!! ބިމެއްވެސް ނުހިއްކޭނެ..ދަނޑެއްވެސް އެޅިޔަކަ ނުދޭނެ…. [އައްޔަ، 20/1/2013]

ދެން ކިކޭ ދޯ ބުނާނީ އަޅެ؟ ބޯ ހަލާކް!! އޭދަފުށި ބިން މި އަހަރު ނުހިއްކައި ފީއްޔާ ސީދާ ހަރަކާތް ފަށްޓާނަން އަދި ދަނޑު ނަހަދައި ފީއްޔާވެސް!! ހީވަނީ ދޯ ބޮޑު ގޮނޑީގަ ތިބެވޭނޭ.. ނުތިބެވޭނޭ!!!!!! [ސައިނޯސާ ރާއި، 19/1/2013]

ނުވާނެ ތި ކަމެއް ކޮށްފަ ދެއްކީމަ ގަބޫލުކުރާނީ.! [ބައްތި، 26/3/2013]

ކުދިންނޭ ހަމަ އެހައްދަނީ 2013 އަށް… އޭދަފުށި ހިއްކަން ތިއުޅެނީ 2013 ގެ ކެމްޕެއިނަށްކަން ޔަޤީން. އޭދަފުށި މީހުންނަކީ އެގޮތަށް ވިކިދާނެ ބައެއްކމަކަށް ނުދެކެން. އެމީހުންނަކީ ފުދިގެން އުޅެ ބައެއްކަން ރާއްޖޭގެ ރައްޔިތުންނަށްވެސް އެކަން އެގޭނެ. ބުނާހާ ބަހަކަށް ހެއްލޭނެ ބައެއްނޫން. ސިޔާސީ ކަންކަމާ ވަރަށް ދުރުވާނެ. ތަޅާ ފޮޅައެއް ނުހަދާނެ . އެއަށްވުރެ މާ ހަމަޖެހޭ ބައެއް. ވިސްނުން ރަގަޅުވާނެ. އެކަން އޭދަފުއްޓަށް ދާމީހަކަށް އެގޭނެ. [ހިތާދޫ، 25/3/2013]

ކީކޭ މިކިޔަނީ… ނުވަނޏާވެސް ހުއްޓާލާފަ ނިކަން އައްނި އާ ހަވާލުކޮށްބަލަ… އޭރުން ނިދައިފަ ހޭލާއިރު އޮންނާނީ ބިންހިއްކާ ނިމިފަ…، [ބާ، 1/3/2013]

ކޮޔާ އަންނި އޭދަފުއްޓަށް އައިސް ބުންޏޯ ތިމަންނަމެންގެ ވަލުގަ އޭދަފުށިމީހުން ހިފާށޭ އޭރުން ފަޅުވެސް ކޮނެދޭނަމޭ. ދައުރުވެސް ނުނިމެނީސް އަޅެ އޭނާ އެކަން ނުކޮށްދޭޏްވެގެން އަވަހަށް ދިނީ އިސްތިއުފާ. އެވަރުގެ މީހެއްގެ ވާހަކަ ކޮޔާ ތިދައްކަނީ. ދެންވެސް އޭނާ އަޔަސް ކަމެއްދިމާވާއިރަށް އެރޭ މޫދަށްކަންވެސް ނޭގެ؟؟؟ [ބަތްޕެން، 26/8/2013]

ބަޔަކު ރުހުނަސް އަދިނުރުހުނަސް މިކަމުގައި އަހުމަދު ސަލީމް އަށް އޭދަފުށި ރައްޔިތުން ޝުކުރުވެރިވާން ޖެހޭނެ.އަޅުގަނޑު އުފާވާކަމަކީ ލޮލަށްފެނުނު ސުނާމީ ހާދިސާގެފަހުނ ހިތަށްވަތް ބިރުވެރިކަމުގައި 12އަހަރު ދުވަސް ވަންދެން ރޭގަނޑުގެ އަރާމުނިދިން މަހުރޫމްވެ ދަންވަރުގެ ވަގުތުތަކުގައި އަތިރިމަތީގައަ އެކަނިވެރިކަމާއިއެކު ހޭދަކުރި ދުވަސްތައް މާތްރަސްކަލާގެ ހެޔޮރަހުމަތްފުޅާއިއެކު ނިމުމަކަށް އައުމުގެ ކޮޅުމތިފެންނާތީވެ މިހާރުގެ ސަރުކާރަށް ވަރަށްބޮޑަށް ޝުކުރިއްޔާ. [ހަމީދު، 20/2/2013]

އެހެންޏާފަހެ، ހުވަފެންތަކެއް ދައްކާނެކަމެއްނެތް މީދެންކިހާބޮޑުކަމެއް! [ބަކުރުބޭ، 19/2/2014]

މަޖްލީސް ކެމްޕެއިނަށް ދައްކާލި ދަޅައަކާ ހާދަ ވައްތަރޭ ! އެގިދާނެތާ، ބަލަންމިތިބީ ދަށްފައިގާ ކާށިތެޔޮލައިގެން. 2012، 2013 އަދި 2014 ގެ ބަޖެޓްގައިވެސް އޮތް. އުއްމީދުކުރަނީ ބިންހިއްކުން ކުރިއަށް ދާނެކަމަށް. އެގިދާނެތާ ސަލީމު ނުހޮވުނަސް ……………………………. [ރަޝިދާ، 19/2/2014]

ތިކަން ވާނެބާ. ކުރަންފެށީމަ ގަބޫލުކުރާނީ. [އަހްމަދު އަލީ، 19/2/2014]

އޭދަފުށީ ރައްޔިތުން އެތައްއަހަރެއްވަންދެން އިންތިޒާރުކުރަމުން އައި އޭދަފުށީ ބިންހިއްކުމުގެ މަސައްކަތް ފެށި އެކަމުގެ ފައިދާ އަތޮޅުގެ ރައްޔިތުނަށްވެސް ކުރާނެކަމަށް އުއްމީދުކުރަން. [ބ. އަތޮޅު، 19/2/2014]

ދެކުނުފަރާތް ހިއްކުމަށަފަހު އުތުރު ފަރާތު ބޯޅަދަނޑާދިމާވެސް ހިއްކައި އެތާގައި ސިޑިބަރި ހަދާނެކަމަށް އުންމީދުކުރަން. އަދި އާޓިފިޝަލް ބީޗަކާއެކު ކުޑަކުދިން ކުޅޭނެ ޕާކެއް ތަރައްގީކުރާނެކަމަށް އުންމީދުކުރަން. އަދި އެތަނުގައި ޕޮޕްކޯންއާއި އަދި އައިސްކްރީމް ލިބޭގޮތަކަށް ހުރުންމުހިންމުކަމަށް ފެންނަނީ ކައުންސިލުން މި ބުނިކަންތަކަށް ވިސްނާނެކަމަށް އުންމީދުކުރަން، [ކޮރަކަލިބެ، 3/3/2014]

ބުނާ ދުވަހަށް ކަޑަޖަހަން ފަށާނެކަމަށް ހީކުރަން [ބަކުރުގެ ބައްޕަ، 26/3/2014]

މި ކޮމެންޓް ކުރާމީހުން ހާދަ ގަޅިއޭދޯ.. މި އަހަރު ބަޖެޓް ކުރެވިފައި ހުރި ޕޮރޮޖެކްޓެކޭ މިއީ. ހަބަރުތަށް ނުކިޔާ، ހަމަ ސިޔާސީ ކޮށްލަނީ ތިތިބެގެން. ދާދި އެހަކަށް ދުވަހު އޭދަފުށި ފަޅުވެސް ދިރާސާކޮށް އެނިމުނީ.. ދެން އޮތީ ހިއްކުން… ކަނި ދުމަށް އެއުޅެނީ ހިއްކާލަން.. ސުކުރިއްޔާ ރައްޔިތުން މަޖިލިސް،، އަދި ދިވެހި ސަރުކާރު، [ފަހަރި، 11/9/2013]

އޮޅުވާލުން ހުރި މިންވަރަކީ މި އިއުލާނުގެ މުއްދަތުވެސް ހަމަވާގޮތަށް ހަދާފަ ތިއޮތީ އާވެރިކަމެއް އައިސް ވަޙީދުގެ ވެރިކަން ނިމުމުގެ ފަހަށް، މިއިންވެސް ވިސްނާލީމަ އެގޭނެ މިއީ ކޮންމެހެން ވާނެތީ ނުވަތަ މިކަންތައް ކޮށްދިނުމުގެ ވިސްނުމުގަ ކޮށްފަ އޮތް އިއުލާނެއްނޫންކަން. ވިސްނާލާ. [ސެންޗަރީ 123، 10/9/2013]

ތީ ޔާމިން އަށް ކެމްޕެއިން ކުރުންކަން އެއްމެނަށްވެސް އެގޭ..މައުމޫން މީގެ ހަފްތާއެއްވަރު ކުރިން ތުލުސްދޫގެ ބިން ހިއްކާނެ ކަމަށް ވިދާޅުވި،2ވަނަ ބުރަށް ވަހީދު ލައްވާ އެ ސްޓަންޓް ތި ޖައްސަނީ،އިއްޔެއާއި މިއަދު ހިލާލީގެ ގައި ދިޔަ މަޝްވަރާތަށް ތީ، [ނިޔާފް، 10/9/2013]

ބަލަ މިހާރު އުސޫލަކުން ބުނާނަމަ ވަހިފު އެއޮތީ ފެއިލްވެފަ، ދެން ކޮބާ ބޭނުމަކީ ބަޔަކަށް ފައިދާއެއް ހޯދަ ދިނުމުގެ، މީގަ ވާގޮތަކީ ވަކިބަޔަކަށް ހިވާނެ ތިހެން، ދެން ބުނާ ރަށްތަކަކީ އެއްވެސް ބަޔަލަކު ނުކޮށްދީފައި ހުރި ކަންތައް، މިހެންވީމަ ބުނެވެނީ ވަހީދު އަދިވެސް އެޏަގެ ވާޖިބު އަދާކުރާނެޔޭ ޓާމަ ހަމަވަންދެން، [ސަމަލޭ، 10/9/2013]

އޭދަފުށީގައި އޮންނަނީ ވަށައިގެން ކަނޑު… ދެން ކޮން ތަނެއް ހިއްކާކަށް؟ [ ޒައިން، 10/9/2013]

ތިގޮތަށް މިއަހަރު ކުރީކޮޅުވެސް ކިތައް ރަށުގެ ބިން ހިއްކަން އިއުލާން ކޮށްފިތޯ؟ އެއްވެސް ރަށެއްގެ މަސައްކަތެއް ކުރާތަނެއް ނުފެނޭ،، އަހަރެން ގޮވާނީ ހަމަ ބޯ !! [ހޮކީ 10/9/2013]

ހަމަ މައުމޫނު 30 އަހަރު މަތީން ހަނދާންވަނީއެވެ. މިއަދު އަބްދުﷲ ޔާމިން ވަހީދުއާއި ބައްދަލު ކުރައްވައި ރަށްރަށުގައި ކަނޑަޖަހަބުނީއެވެ. ވަހީދު މިއަދު މިކުރަނީ މިކަންކަމެވެ. މިހާރު ވެސް ބަލާބަލާށެވެ. އިއުލާނު ކޮއްފައިވަނީ 23 ޑިސެމްބަރ 2013 ނީލަށް ކަމަށްވެއެވެ. އެހެން ނަމަވެސް މިހާރު އަހަރުގެ ބަޖެޓް ހުސްވެފައިވާ އިރުގައި މިއޮތްހާ ދުވަހު ކީއްވެގެންތޯ އެކަން ނުކުރެވިވަނީ 2013 ވަނަ އަހަރުގެ ބަޖެޓުންވަނީ ފައިސާ ދީފައެވެ. އެހެންވެ މިބުނަނީ ވޯޓު ހޯދުމަށްޓަކައި ޖަހާމަޅިއެކޭ ؟ މިރައްޔިތުން މިހާރު ތިމަޅީގައި ނުޖެހޭނެއެވެ. އިޚުލާސްތެރިކަންނެތީއެވެ. ރަށްތަށް ހިއްކަންބޭނުންނަމަ މިހާރު އަހަރުގެ މެދުތެރޭގައި އެކަންއޮންނާނީ ފަށާފައެވެ. އަހަރުނިމިގެން ދާއިރުގައި އަދި ތިއުޅެނީ އިއުލާނު ގަނޑުވެސް ނުކޮއްލައެވެ. ވޯޓުމަތީން ހަނދާންވުމުން ރައްޔިތުންގެ ލޮލުގައި ރީތި ކުރުމަށް އަނދުނެއް އެޅުވީތާއެވެ. [އާސަންދަ1، 10/9/2013]

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.