12 ވަރަކަށް ދުވަހުގެތެރޭ ބިންހިއްކައި ނިމޭނެ: މިނިސްޓަރު

ހައުސިން މިނިސްޓަރު ޑރ މުއިއްޒު
ހައުސިން މިނިސްޓަރު ޑރ މުއިއްޒު

މިދިޔަ ހޮނިހިރު ދުވަހުފެށީ އޭދަފުށީ ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް އޮތް 12 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކުރުމަށްޓަކައި މި ރަށުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިރަށުގެ ބިމަށް އިތުރުކުރަން ނިންމާފައިވާ ބިމުގެ ސަރަހައްދުން ތިމާވެއްޓަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް ބޭނުންވާ ސަރަހައްދެއް ދޫކޮށްލުމަށްފަހު ބާކީއޮތް 24 ހެކްޓަރުގެ ބިން ކުރިޔަށް އޮތް ބާރަ ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެކަމުގެ ޔަގީންކަން އެ މަސައްކަތާ ހަވާލުވެފައިވާ ބޮސްކާލިސް ކުންފުނިން ދީފައިވާ ކަމަށެވެ.

“ތިމާވެއްޓަށް ވިސްނާފަ ދޫކޮށްލަންޖެހޭ ސަރަހައްދެއް ދޫކޮއްލުމަށްފަހު ބާކީއޮތް 24 ހެކްޓަރު ކުރިޔަށް އޮތް 12 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ. އެކަމުގެ ޔަގީންކަން ބޮސްކާލިސް ކުންފުނިން ވެސް އަޅުގަނޑުމެންނަށް އެބަދޭ،” މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އޭދަފުށީގެ ބިން ސަލާމަތް ކުރުމަށްޓަކައި ގިރާ ސަރަހައްދުތަށް ބެލުމަށްފަހު އެ ސަރަހައްދުތަކުގައި ބޮޑުހިލަ ޖަހާނެ ކަމަށާއި އިތުރަށް ބިމަށް ނުވަތަ ތިމާވެއްޓަށް ގެއްލުމެއް ލިބޭފަދަ ކަމެއް އޮތްނަމަ އެކަމެއް ހައްލުކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތަށް ސަރުކާރުގެ ބަޖެޓުން 10 މިލިއަނާ 11 މިލިއަނާ ދެމެދުގެ ފައިސާ ހަރަދުވާ ކަމަށާއި ބިމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ރަށަށް އިތުރު ތަރަށްގީ ގެނައުމަށްޓަކައި ރައްޔިތުންނާ ގުޅިގެން ކުރެވެން ހުރި މަސައްކަތް ތަކެއް ކުރައްވާނޭ ކަމަށެވެ.

އޭދަފުށީގެ ބިންހިއްކަނީ ސަރުކާރުން 11 މިލިއަން ޑޮލަރު (169.6 މިލިޔަން ރުފިޔާ) ހޭދަކޮށްގެނެވެ. ހިއްކަނީ 26 ހެކްޓަރުގެ ބިމެކެވެ. މުއިއްޒު ވިދާޅުވީ އުއްމީދުކުރަނީ އޭދަފުށީގެ ބިން ހިއްކާ ނިމުމުން ކުރިއަށް އޮތް ތަނުގައި އެހެން ރަށްރަށުންވެސް އޭދަފުއްޓަށް މީހުން ބަދަލުވުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Naseer

    މިހާތަނަށް ލިޔުނު ކޮމެންޓް ުތަކުގެ ތެރެއިން އެންމެ ރަގަޅު 1 ކޮމެންޓް ރިޒާ ލިޔެފައިވާތީ، ވަރަށް ބޮޑަށް އުފާކޮށްފިން. މީގައި އަޅުގަނޑަށް ކަމުނުދާ ތަންކޮޅަކި 6000 މީހުންގެ އާބަދީއަކަށް ހަދަން ކޮންމެހެން އެހެންރަށަކުން އަނެއްކާވެސް ބަޔަކުގެނެސް އާބާދު ކުރުމަކީ ބިންހިއްކުމުގެ މަޤްސަދާއި ޚިލާފް ކަމެއްކަމަށް އަޅުގަނޑަށް ފެންނާތީ، އެވިސްނުން އެހާ ރަގަޅޫންކަން.

    ރައްދު
  2. .riza

    އޭދަފުށީގެ އާބާދީ 6000 މީހުނަށް ހަދަން އެބަޖެހޭ؟ އޭދަފުށި ދާއިރާގެ އިއްޒަތް ތެރި މެންބަރަށް ދަންނަވާލަން އޮތްވާހަކައަކީ މިފަސް އަހަރު ތެރޭ އޭދަފުށީގައި 600 ފްލެޓް އެޅުމަށްފަހު އޭދަފުށި ދާއިރާގައި ހިމެނޭ އަނެއްދެރަށު މީހުން އޭދަފުއްޓަށް ބަދަލުކުރުމުގައި ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާށޭ، ސަބަބަކީ މިވަރު ގެ އާބާދީއެއް އޭދަފުއްޓަށް ޖަމައަ ކުރެވިއްޖެނަމަ އެހެނިހެން އަސާސީ ހިދުމަތްތައް ޤާއިމު ކޮށްދެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެތީއެވެ. މިއަދު ރައީސުލް ދެއްކެވި ވާހަކަ ފުޅުން ބޮޑަށް ބުރަވެވެނީ، އަދި ކައިރި މުސްތަޤްބަލެއްގައި ފްލެޓް އެޅުމުގެ މަސްރޫޢުއެއް އޭދަފުށިގައި ނެތްކަމެވެ. އެމަނިކުފާނު ވިދާޅުވީ 2015 ވަނައަހަރު އޭދަފުށީގެ މަގުތައް ހެދުމަށް ބޭނުންވާ ފައިސާ ބަޖެޓް ކުރާނެ ވާހަކައެވެ.
    އޭދަފުށިގެ ހީވަގި ކައުންސިލަރުންނަށް އަޅުގަޑު ދަންނަވާލަން އޮތް ވާހަކައަކީ ތިޔަބޭފުޅުން މިހާރުންމިހާރަށް ފްލެޓް އެޅުމަށް ފަންޑް ރައިސް ކުރާނެ ގޮތަކާ މެދު ވިސް ނެވުމަށް، ސަރުކާރުންވެސް އެއްއަހަރުތެރޭ އެއްރަށަކަށް މިވަރު ބޮޑު ހޭދައެއް ކުރުމަށްފަހު ދެން އިތުރު މަސްރޫޢުއެއް މިއަހަރުތެރޭ ހިގާނެކަމަކަށް ނުފެނޭ، ސަބަބަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރައްޔިތުންނަކީވެސް އެތަށް ބައިވަރުކަމެއް ސަރުކާރުން ކޮށްދޭނެ ކަމުގެ އުއްމީދުގައި ތިބި ރައްޔިތެއް ، ވުމާ އެކު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިހެން ހުރިހާކަމެއް ސަރުކާރުގެ މަށްޗަށް ބަރޯސާ ނުކޮށް އަޅުގަޑުމެން އަޅުގަޑު މެންގެ ކަންތަކުގައި ނިކުމެ، ފައިސާ ހޯދައިގެން އަޅުގަޑުމެންގެ ތަރައްޤީއަށް މަސައްކަތް ތަކެއް ކުރަން އެބަޖެހޭ، ވުމާއެކު އޭދަފުށީގެ ހުރިހާ ރައްޔިތުންވެސް އެއްވެސް ކުލަޔަކަށް ބެލުމެއްނެތި ބިޒްނަސް ފޯރަމްތަކުގައި ބައިވެރިވެ އަދި ކައިރީ ހުރި ރިސޯރޓްތަކުގެ އޯނަރުންނާ ސީދާ ބައްދަލުކޮށް ހުޅުމާލޭ ޑިވަލޮޕްމަންޓް ކޯޕަރޭޝްން އާއި ބައްދަލުކޮށް އޭދަފުށީ ވިޔަފާރި އުސޫލުން ޕްލެޓް އެޅުމަށް މަސްވަރާކުރުން ވަރަށް މުހިއްމު، އަޅުގަޑު ދަންނަވާނީ ބިންހިއްކުމަށް އިންވެސްޓް ކުރި ފައިސާ އަކީ އަނބުރާ ހޯދަން ޖެހޭނެ ފައިސާ އެކޭ ސަބަކީ ދެން އެހެން ތަނެއް ހިއްކަންވާ ދުވަހު ފައިސާ ނެތި ބިން ނުހިއްކިގެން ތިބެންޖެހިދާނެތީއެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.