“ބިން ހިއްކުމުގެ މަސައްކަތް ފެށުމަކީ އޭދަފުށި އަލުން އުފަންވުން”

އޭދަފުށީ ބިން ހިއްކުން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ފޮޓޯ / ނިއަމި ފޮޓޯ
އޭދަފުށީ ބިން ހިއްކުން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ފޮޓޯ / ނިއަމި ފޮޓޯ

އޭދަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަކީ އޭދަފުށި އަލުން އުފަން ވެގެން ދިއުން ކަމަށާއި އޭދަފުއްޓަށް އިތުރު 28 ހެކްޓަރު ބޮޑުވެގެން ދިއުމަކީ ރަށަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް  ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އޭދަފުށީގެ ބިން ހިއްކުމުގެ ރަސްމިއްޔާތު ފައްޓަވައި ދެއްވުމަށް ފަހު، ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް 12 ދުވަހުގެ ތެރޭގައި އޭދަފުށި ހިއްކައި ނިމުމާއެކު، މި ރަށް އިތުރަށް ބޮޑުކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދިް ހެޔޮ ގޮތުގައި ބިން ބޭނުންކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭދަފުށި ބޮޑުކޮށް، ކައިރީގައި ހުރި ކުދި ރަށްތަކުން އެ ރަށަށް މީހުން ހިޖުރަކުރުމަކީ ރަށް އިތުރަށް ތަރައްގީވެ ސަރުކާރުގެ ބަޖެޓަށް ވެސް ވަރަށް ބޮޑަށް ލުއި ވާނެ ކަމެކެވެ.

އޭދަފުށީ ބިން ހިއްކުމުގެ ރަސްމިއްޔާތުގެ ތެރެއިން- ނިއަމިފޮޓޯ
އޭދަފުށީ ބިން ހިއްކުމުގެ ރަސްމިއްޔާތުގެ ތެރެއިން- ނިއަމިފޮޓޯ

 

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ގިނަ ދާއިރާތަކުން ތަރައްގީ ލިބިފައިވީ ނަމަވެސް ކުރިއަށް ކުރަން ހުރި ކަންކަން ވެސް މަދެއް ނޫނެވެ. ރާއްޖެ އަށް ބޭނުންވާ ހުރިހާ ކަމެއް މި ސަރުކާރުގައި ހަމަޖެހިގެންދާއިރު، އޭދަފުއްޓަކީ ނަމޫނާ ރަށަކަށް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އޭދަފުއްޓަކީ ތައުލީމާއި އަތްތެރި މަސައްކަތުގައި ވެސް ކާމިޔާބު ރަށެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ރަށުގެ ބިން ހިއްކައި ރަށް ބޮޑުކުރުމަކީ ރައްޔިތުންގެ ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އޭދަފުށީގެ ބިން ހިއްކުން މިއަދު ފެށިގެން ދިއުމަކީ މި ސަރުކާރުން މި ރަށަށް ދިން އަހައްމިއްޔަތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އޭދަފުށީ ބިން ހިއްކުމުގެ ރަސްމިއްޔާތުގެ ތެރެއިން- ނިއަމިފޮޓޯ
އޭދަފުށީ ބިން ހިއްކުމުގެ ރަސްމިއްޔާތުގެ ތެރެއިން- ނިއަމިފޮޓޯ

“އޭދަފުށީގައި މިހާރު ބިން ބޮޑުވެގެން ދިއުމާއެކުގައި، އަޅުގަނޑުމެންގެ ރަށްރަށުގެ ނިސްބަތުން އާބާދީ 3،000 އަށް ވުރެ މަތީގެ ރަށްރަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗާއެއް ދާދި އަވަހަށް ހަމަވާން ކައިރި މިވަނީ، ﷲގެ ރަހުމަތާ އެކު އޭދަފުއްޓަށް ބޭނުންވާ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން،” ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބިން ހިއްކުމަށް ފަހު މަގުތައް ހެދުމަކީ މިެ ރަށުގައި ދެން ކުރަން އޮތް މަސައްކަތެވެ. އެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭތޯ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރަހައްދީ ގޮތުން ބަލާއިރު އޭދަފުއްޓަކީ އެންމެ މުހިއްމު ރަށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އަތޮޅުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވާން ޖެހޭ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް، ޒުވާނުންނަކީ ބާރުވެރި ބަޔަކަށް ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭދަފުށީ ބިން ހިއްކުމުގެ ރަސްމިއްޔާތުގެ ތެރެއިން- ނިއަމިފޮޓޯ
އޭދަފުށީ ބިން ހިއްކުމުގެ ރަސްމިއްޔާތުގެ ތެރެއިން- ނިއަމިފޮޓޯ

“މި އަތޮޅުގެ އިތުރު ރިސޯޓެއް ނުހުޅުވި ކަމުގައި ވިއަސް އަށް ރިސޯޓުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހަމޖެހިގެންދާނެ ކަމާ މެދު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނެތް،” ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޒުވާނުންނަށް، ހާއްސަކޮށްގެން އޭދަފުށީގައި ވެސް ސްޕޯޓްސް އެރީނާއެއް ގާއިމްކުރުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން ޒުވާނުން މިހާރު ކުރަން ޖެހޭ ކަމަކީ ސަރުކާރާ އެކު އިގްތިސާދީ މަސައްކަތުގައި ކުރިއަށް ދިއުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

(އިތުރު ފޮޓޯތައް ފޮޓޯ ގެލެރީގައި)

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. އިލްހާމް އިބްރާހީމް

    ހިއްކާ ސަރަހައްދުގެ ފޮޓޯކޮޅެއް ފޮނުވަދީބަލަ. ފޮޓޯ ނަގަން ނޭގެނީތަ. އެހެންވޭ އަހަރެންބުނަނީ އަދި ނޫސްވެރިކަން ދަހެއްނުވޭ. ފުޓްބޯޅަ ހަބަރެއްވެއްޖިއްޔާ ފޮޓޯތައްއޮވޭ ބައިވަރު، މިއީ އެހާ މުހިންމު މަސައްކަތެއްހެނެއް ހިޔެއްނުވޭހެން ހީވަނީ. އީޓީއަށް. ދިރިއުޅުމަށްވުރެ ފުޓްބޯޅަ މުހިންމު ކަމަށް މި ނޫހަށް ފެންންކަމަށް އަޅުގަނޑު ދެކެނީ. ދުރުގަ ތިބޭ މީހުންނަށް އެއްޗެއް އެންގުމުގެ ހުނަރެއްނެތް. ވަގުތުން ކޮމެންޓް ކުރާ ބޭފުޅާއަށްވެސް ބުލަން ބޭނުންވަނީ، އިޓީގެ ލިޔާމީހުންކައިރީގަ ބުނެގެން ފޮޓޯކޮޅެއް މީގަ ހިމަނާލަ ދެއްވާށޭ.

    ރައްދު
  2. mary

    ތިޔަ ނެށުމުގެ ހަރަކާތައްބަލަން ހުރިވަގުތު ޔާމީނުގެ މޫނުމަތިން ފެނިގެންދިޔައި ފޫހިިކަން، ކުރިޔަށްއޮތްތާވެސް ތިކަހަކަންތައްރާވާއިރު ވެރިމީހާއަށްވެސް އަންގާލައިގެންކުރުން ބުއްދިވެރި…..

    ރައްދު
  3. .riza

    ޒެޑް ގެ ކޮމެންޓަށް އަޅުގަޑު އިހްތިރާމް ކުރަން . އޭދަފުށި ތަރައްޤީ ކުރުމަށް ޓަކައި ދިވެހި ސަރުކާރުން ތިޔަކޮށްދެއްވާ މަސައްކަތަށް ފައްފަށުން ޝުކުރު ދަންނަވަން، އޭދަފުށީގެ ރައްޔިތުންނަކީ އެއިރަކު ޤާއިމްވެފައި އޮންނަ ސަރުކާރަކާއެކު، ކުރިއަށް ދިއުމަށް އަބަދުވެސް ވިސްނާ ބައެއް، މިހާރުވެސް އޭދަފުށި ރައްޔިތުން ތބީ ހަމައެގޮތުގައި، އޭދަފުށި ގައި ހިއްކަމުންދާބިމުން ސަރުކަރުކާރުގެ ބޭނުންތަކަށް، ބިންނެގުމަކީ އެއީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއްކަމަށް އަޅުގަޑުދެކެމެވެ. ސަބަބަކީ ހިއްކާ ހުރިހާ ބިން ގެދޮރު ނެތް މީހުންނަށް ގޯތި ކަނޑާފައި ދިނުމުން ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި ޤާއިމްކުރަންޖެހޭ އިމާރާތްތައް އަޅާނެ ބިން ހޯދޭނެ އެހެން ގޮތެއް އޭދަފުއްޓަކުން ދެންނުލިބޭނެތީއެވެ، އަޅުގަޑު މެންނަށް މިޙާރުވެސް އޭދަފުށިން ފެންނަމުން ދާ އެއް މަންޒަރަކީ އޭދަފުށި ރައްޔިތުންގެ ތެރެއިން ބައެއްބޭފުޅުންނަށް ދެއްވާފައިވާ ގޯތިތަކުގައި ހަމައެކަނި ވަށާ ފާރު ރާނައި އެއްވެސް އިމާރާތެއް ގެދޮރެއް ނޭޅި ހުރި ތަނެވެ. މިހެންކަމުން އަލަށް ހިއްކާބިމުން ސަރުކާރަށް ބޭނުންވާ ބައި ނެގުމަށް ފަހު ދެން އޮތް ބިން ބޭނުންކުރާނެ ގޮތުގެ ފުރިހަމަ ތަސައްވުރެއް އޭދަފުށި ކައުންސިލަރުންނާ ރައްޔިތުން ގުޅިގެން ތައްޔާރުކޮށް އެތަސައްވުރާ އެއްގޮތަށް ބިންބޭނުންކުރުމެވެ. އަޅުގަޑު ބޭނުންވާ ގޮތް ލިޔެލުމަކީ ހަމައެއްމެ ރަގަޅުކަމެއްކަމަށް ދެކެމެވެ. އަޅުގަޑު ދެކޭ ގޮތުގައި ގޯތި ކަނޑާފައި ދިނުމަށްވުރެ ފުލެޓް އަޅާފައި ވިއްކުން ރަގަޅު ސަބަބަކީ ބިންހިއްކުމަށް ކުރެވުނު އިންވެސްޓްމަންޓް ވަރަށް ބޮޑު، އިންވެސްޓް ކުރެވުނު ފައިސާ އަންބުރާ ލިބެން އެބަޖެހޭ، ގޯތިކަންޑާފައި ދިނުމުން ރައްޔިތު މީހާއަށް އެލިބުނު ގޯތީގައި ގެއެއް އެޅޭވަރު މިވަނީ 10 ނުވަތަ 15 އަހަރުން ،މިހެންވުމުގެ ސަބަބުން ތަރަށްޤީގެ ކުލަވަރު ފެންނާނީއަޅުގަޑުމެންގެ ކާފަދަރިންނަށް ، އެހެންކަމުން އަވަހަށް އިންވެސްޓް ކުރާނެ ފަރާތްރަކެއް ހޯދައި ފްލެޓް އަޅައި އޭދަފުށިގައި ތިބި ގެދޮރު ބޭނުންމީހުންނަށް ގެދޮރު ހޯދާދެވޭނެ އިންތިޒާމްތަކެއް ހަމަޖއްސައި ދެއްވުން އެދި ނުހަނު އިހްލާސް ތެރިކަމާ އެކު އޭދަފުށީގެ ކައުން ސިލަރުން ގެ ކިބައިން އެދެމެވެ . އަޅުގަޑުގެ ދުޢާ އަކީ އޭދަފުށީގެ ރައްޔިތުންނަށް އަދި ޚާއްޞަކޮށް މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމާއެއް ﷲ ސުބުހާނަހޫ ވަތަޢާލާ މިންވަރު ކޮށްދެއްވުން. އާމީން

    ރައްދު
  4. ޒެޑް

    ރައްޔިތުންނަށް ތިކޮށްދެއްވި މަސައްކަތައް ޝުކުރުއަދާކުރަން. ތިކަމަކީ އޭދަފުއްޓަށް ނުހަނު ބޮޑު އަރުތަ ލިބިގެންދާނެކަމެއް. މާލެވެސް ހިއްކައި 1/2 ބައި ސަރުކާރުގެ ބޭނުންތަކަށް ހިއްސާކުރިހެން ނުވާނެގޮތައް ރައްޔިތުންގެ ބައި ބޮޑުވެގެން ދާނެކަމަށް އުއްމީދުކުރަން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.