ހަނިފަރު ސަރަހައްދުން މަސްވެރިކަން ކުރަން އުޅުނު ބަޔަކު އަތުލައިގެންފި

ހަނިފަރު ސަރަހައްދުގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބަޔަކު އަތުލައިގަންނަނީ-- ފޮޓޯ / ބަޔޮސްފިއާ އޮފީސް
ހަނިފަރު ސަރަހައްދުގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބަޔަކު އަތުލައިގަންނަނީ– ފޮޓޯ / ބަޔޮސްފިއާ އޮފީސް

ބ. އަތޮޅުގައި ހިމާޔަތް ކޮށްފައިވާ ހަނިފަރު ސަރަހައްދުގައި ފާނައިގެ މަސްވެރިކަން ކުރަން އުޅުނު ބަޔަކު އަތުލައިގަނެފި އެވެ.

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނިގޮތުގައި އެމީހުން އަތުލައިގެންފައިވަނީ އެ ސަރައްދާ ކައިރި ރިސޯޓްަކުން ކުރި ރިޕޯޓަކާގުޅިގެން އާދީއްތަ ދުވަހު އޭދަފުށީ ފުލުންނާއި ބަޔޮސްފިއާ ރިޒާވް އޮފީސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އެ ސަރަހައްދުގައި ފާނައިގެ މަސްވެރިކަން ކުރަނިކޮށް އަތުލައިގެންފައިވަނީ ރ. އަތޮޅު ދުވާފަރު ދޯންޏެވެ. އެ ސްރަހައްދުން އެ ދޯނި އަތުލައިގަތް އިރު ފަރުމަހުގެ ގާތްގަޑަކަށް 200 އަށްވުރެ ގިނަ މަސް ހުރިކަމަށްވެ އެވެ. އެ ހުރިހާ މަސަތަކެއް އެވަގުވަނީ އެ ސަރަހައްދަށް ދޫކޮށްލާފައެވެ.

ހަނިފަރު ސަރަހައްދުގައި ގަވައިދާ ޚިލާފަށް ބަޔަކު މަސްހިފަނީ -- ފޮޓޯ / ބަޔޮސްފިއާ ރިޒާވް
ހަނިފަރު ސަރަހައްދުގައި ގަވައިދާ ޚިލާފަށް ބަޔަކު މަސްހިފަނީ — ފޮޓޯ / ބަޔޮސްފިއާ ރިޒާވް

ހަނިފަރު ހިމާޔަތް ކުރުމާއި ގުޅޭގޮތުން 2012 ވަނަ އަހަރު ސަރުކާރުން ގެޒެޓް ކޮށްފައިވާ ޕްލޭނުގައި ބުނާގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދަކުން މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. އަދި އެ ސަރަހައްދުން ބާނާ ނުވަތަ ހިފާ ކޮންމެ މަހަކަށް 5000ރ އިން ޖޫރިމަނާކުރެވޭނެކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.