ބާ އެޓޯލް ފުޓްބޯލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު މޭމަހު ހުޅުވާލަނީ

އޭދަފުއްޓާއި ކެންދޫ ކުޅުނު މެޗުގެ ތެރެއިން: -- ފޮޓޯ: އިބްރާހިމް ފާއިދު
އޭދަފުއްޓާއި ކެންދޫ ކުޅުނު މެޗުގެ ތެރެއިން: — ފޮޓޯ: އިބްރާހިމް ފާއިދު

ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް “ބާ އެޓޯލް ފުޓްބޯލް ޗެލެންޖް” ގައި ބައިވެރިވުމުގެ ފުރުސަތު އަންނަމަހު ހުޅުވާލާނެ ކަމަށް ޔޫ ސްޕޯޓްސް އިން ބުނެފި އެވެ.

މި މުބާރާތް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ބުނީ މުބާރާތުގައި ބައިވެރިވުމަށް މިހާރުވެސް ބ. އަތޮޅުގެ އިތުރު ރަށްރަށުން ޝައުގުވެރިކަން ފާޅުކުރަމުންދާ އަންނަ ކަމަށެވެ.

ބ. އަތޮޅުގައި ކުޅުންތެރިން އުފައްދައި، ފަސްޓް ޑިވިޝަނުން ބ. އަތޮޅުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮޑު ޗުއްޓީއާ ދިމާކޮށް އޭދަފުށީ ފުޓްބޯޅަ ދަނޑުގައެވެ. މިއީ މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ބ އަތޮޅުގެ ހަ ރަށަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ގޮއިދޫއާއި، ދަރަވަންދޫ، މާޅޮސް، ކެންދޫ، ފެހެންދޫ، ދޮންފަން، ކުޑަރިކިލުގެ އިތުރުން އޭދަފުއްޓެވެ.

ކެންދޫ އަތުން 7-0 އިން އިން މޮޅުވެ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އޭދަފުއްޓެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.