ރެޑްވޭވްގެ އާ ފިހާރައެއް ހުޅުވައިފި

ރެޑްވޭވްގެ އެންމެ ބޮޑު ފިހާރަ، ރެޑްވޭވް މޯލް -- ވީފޮޓޯ: އަހްމަދު މަމްދޫހު (މަންދު)
ރެޑްވޭވްގެ އެންމެ ބޮޑު ފިހާރަ، ރެޑްވޭވް މޯލް — ވީފޮޓޯ: އަހްމަދު މަމްދޫހު (މަންދު)

މުޅި ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަމާޓް ބްރޭންޑް، ރެޑްވޭވް އިން “ރެޑްވޭވް މޯލް” ގެ ނަމުގައި އާ ފިހާރައެއް އިއްޔެ ހުޅުވައިފި އެވެ.

ރެޑްވޭވްގެ އެހެން ފިހާރަތަކެކޭ އެއްގޮތަށް ގޭތެރޭގެ ދިރިއުޅުމުގައި ބޭނުންވާ ސާމާނު ވިއްކާ މި ފިހާރަ ހަދާފައި ވަނީ މަޖީދީ މަގުގައި ކުރީގެ އަރަބިއްޔާ ސްކޫލް ކައިރީގަ އެވެ.

ރެޑްވޭވްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝުޖާއު ވިދާޅުވިގޮތުގައި ކުރިން ރެޑްވޭވް މޯލް ހުޅުވަން ހަމަޖެހިފައި އޮތީ މިއަހަރުގެ މެދެއްހާ ހިސާބުގައި ކަމަށާއި އެހެން ނަމަވެސް މިހާ އަވަހަށް ހުޅުވަން ޖެހުނީ އާންމުންގެ އެދުމުގެ މަތިންނެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ރޯދަމާ ދިމާކޮށް ރެޑްވޭވުން ކުރިއަށްގެންދާ ސޭލް މިއަހަރަށް މިމަހުގެ 31 ގައި ފެށޭނެ ކަމަށާއި އެހެން ފިހާރަތަކެކޭ އެއްގޮތަށް އަލަށް ހުޅުވުނު ފިހާރައިގައި ވެސް އެ ސޭލް ކުރިއަށް ގެންދާނެ އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ބާޒާރުގައި އެންމެ ހެޔޮ އަގުގައި މުދާ ވިއްކުން ކަމަށެވެ. އެގޮތުން އަލަށް ހުޅުވި ރެޑްވޭވް މޯލްއިން ބަދިގޭ ސާމާނާއި ކޮސްމެޓިކްސްގެ އިތުރުން ހިފާ ގެންގުޅޭ ސާމާނާ މޮބައިލް ފޯނު އެހެން ތަންތަނަށްވުރެ ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ އޯނަރު ކަމުގެ ދަށުން މާލޭގެ އެކި ހިސާބުތަކުގައި ރެޑްވޭވް ޗެއިންގެ ހަތަރު ފިހާރައެއް މިހާރު ވެސް ހިންގަމުންދެ އެވެ. ރެޑްވޭވް މޯލަކީ ރެޑްވޭވް އިން މިހާތަނަށް ހުޅުވި އެންމެ ބޮޑު ފިހާރަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.