
ބ. އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ އެކަމަށް ހަދާފައިވާ އެންވަޔަރަމަންޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާ މުޅިން އެއްގޮތަށް ނޫންކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އީޕީއޭ އިން ބުނިގޮތުގައި އީއައިއޭ ރިޕޯޓްގައި ބިން ހިއްކަން ފެށުމުގެކުރިން ކަށަވަރު ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ބިން ހިއްކާ ސަރަހައްދުން ފައިބާ ކިސަޑު އެހެން ސަރަހައްދުތަކަށް ނުދާނެހެން މުޅިން ބަންދުކޮށްފައި ހުންނަން ޖެހޭނެކަމަށް އޮތް ނަމަވެސް އެކަން ކޮށްފައިވަނީ އެންމެ އެދެވޭގޮތަކަށް ނޫނެވެ.
ބ. އަތޮޅަކީ ޔުނެސްކޯގެ ބަޔޮސްފިއާ ރިސާވެއްގެ ގޮތުގައި ކަނޑައޅާފައިވާ އަތޮޅެއްކަމުން މިފަދަ މަޝްރޫއުތައް ހިންގުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާގޮތަށް ކަންތައް ކުރަންޖެހޭކަމަށް އީޕީއޭ އިން ބުނެއެވެ.
އީޕީއޭން ބުނީ އީއައިއޭ އާ ޚިލާފުވާގޮތަށް ހުރި ކަންތައްތައް ރަނގަޅުކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
އޭދަފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ އެވެ. ގާތްގަޑަކަށް 25 ހަކަށް ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު ބޮޑު ބައެއް މިހާރުވަނީ ހިއްކާ ނިމިފައެވެ.
މާތްކަލާކޯ މިއޮތީވާ ޤައުމެއް! ކޮންމެ ކަމެއް ސިޔާސީ ނުކޮއް ބަލަ!!
މިއީ ހައުސިން މިނިސްޓްރީގެ ގޮތްދޫނުކުރުމާ ބޯހަރުކަމުގެ ނަތީޖާ. ބަލަ އެންވަރަމަންޓާއި އީޕީއޭ އަކީ ވެސް ހަމަ ރައީސް ޔާމީން ސަރުކާރުގެ ބައިބައި. މައްސަލަ ޖެހެނީ ޤަވާއިދަށް ނުބަލާ، ތިމާވެއްޓަށް ނުބަލާ ކަންކަން ކުރާތީ. މިއީ މިކަން ދިމާވި ފުރަތަމަ ރަށެއްވެސް ނޫން. މައިގަނޑުގޮތެއްގައި ޖެހެނީ ދެ މައްސަލައެއް. އެއްކަމަކީ ބަންޑްވޯލް ނުޖަހާ ހިއްކުމުން ފަޅުތެރެއަށް ކިސަޑު ފޭދިގެން ގޮސް ދިރުންތަކަށް އަސަރު ކުރުން. ދެވަނަ ކަމަކީ މީހުން އުޅޭ ސަރަހައްދުގައި ރެއިންބޯކުރުމުން ކިސަޑާއި ހިރަފުން ރަށުތެރެއަށް ބުރާ އޭގެ ޞިއްޙީ ގެއްލުމާއި އުނދަގޫ ފޯރުން. ރައީސް ޔާމީން މުއިއްޒު ހުއްޓުވަންޖެހޭ އެބަ. މިހެން ތިމާވެއްޓަށް ނުބަލާ އުޅެވިގެން ނުވާނެ!
އާއްމުން މައްސަލަ ޖައްސަނީ ސަރުކާރާއި. މިކަންކުރަނީވެސް ސަރުކާރުން. ފޫނެތް ފަޔަކަށް ފެން ފުރުން ކަހަލަކަމެއް. ބޯހަލާކު. ކަންކޮށް ނިއްމާލާ
Mdp meehun jaham nuvanee.z
ތީބޮޑުވަރު
އީ ޢައި އޭ ރިޕޯޓާ ޚިލާފަށް ހިއްކާނަމަ އީ ޕީ އޭ އިން މަސައްކަތް ހުއްޓުވާ އީ އައި އޭ ރިޕޯޓަރ އެއްގޮތަށް ހިއްކުމަށް އުމުރުކުރާށެވެ. މަސައްކަތް ނުހުއްޓާ ކުރިޔަށް ގެންދާނަމަ ބެލެވޭނީ މަސައްކަތް ކުރިޔަށް ގެންދަނީ އީ އައި އޭ ރިޕޯޓާ އެއްގޮތައްކަމަށް
އެއްވެސް ނުހަކުން ހިއްކާވަރެއް އަދިވެސް ނޭގޭ. ރަގަޅުމައުލޫމާތު ހިއްކާވަރު ބުނެލަދީބަލަ. ހިއްކަނީ ރަގަޅަށް. ހިއްކާތަނުގައި ކިސަޑެއްނެތް. އެހެންރަށްރަށް ހިއްކިގޮތަށް ހަމަހިއްކަނީ. އެއެވެސް މައްސަލައެއްނެތް. ވެލިނަގަނީ ޗަކަބިމަކުންނޫން. ކަނޑުގެ ރީތި ދޮންވެލި. އެހެންވީމާ މައްސަލައެއްނެތް. ބޭކާރު ވާހަކަ ނުދައްކާބަލަ، ހިއްކަނީ ހިއްކަންވާގޮތަށް، ބަޔަކު ކިތަންމެ ނުރުހުނަސް އިރާދަކުރެއްވިއްޔާ ހިއްކަން އޮތްވަރަށް ހިއްކާ ނިންމާނެ. ބިންހިއްކަން ގޮސް އުޅޭ ކުންފުންޏަކީ ވަރަސް ގާބިލް ބައެއް. ތަންދޮދުނުދަންނަ ވަލުބުޑު ނުކަޑާ ބައެއްނޫން. އެހެންނޫންދޯ ވަގުތުން ކޮމެއްޓްކުރާ ބޭފުޅާ ބުނުއްވަނީ ކީކޭތޯ މިކަމާ. ތިކަހަލަ ބޭކާރު ވާހަކަ ދެއްކުން ހުއްޓާލާ. ތިކަހަކަހަލަ ބޭކާރު ވާހަކަ ދައްކާ މީހުން އެންމެ ފުރަތަމަ ބިން ހޯދަން ދުއްވައިގަންނާނީ. ބަލަންތިބޭތި.