ރިސޯޓް މުބާރާތުގެ ތަށި ސޮނެވާ އިން މިލްކު ކޮށްފި

ރިސޯޓް މުބާރާތުގެ ޗެމްޕިއަން ޓީމު ސޮނެވާގެ ކުޅުންތެރިން ކާމިޔާބީގެ އުފާފާޅުކުރަނީ. -- ނިއަމިފޮޓޯ
ރިސޯޓް މުބާރާތުގެ ޗެމްޕިއަން ޓީމު ސޮނެވާގެ ކުޅުންތެރިން ކާމިޔާބީގެ އުފާފާޅުކުރަނީ. — ނިއަމިފޮޓޯ

ފައިނަލުގައި ރޯޔަލް އަތުން 3-1 އިން މޮޅުވެ، ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސޮނެވާފުށީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދައި މުބާރާތުގެ ތަށި މިލްކު ކޮށްފި އެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގެ 17 ވަނަ މިނިޓުގައި ސޮނެވާއަށް ލީޑު ހޯދައިދިނީ އަބްދުލްމަޖީދު (މަޖިއްޓޭ) އެވެ.  އެކަމަކު 46 ވަނަ މިނިޓުގައި ރޯޔަލްގެ މުހައްމަދު ފަޔާޒު ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ ފަހު ފަހުގައި ސޮނެވާގެ އިސްމާއިލް ފައުޒީ އާއި ނާޒިމް އަބްދުލްބާރީ ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްދީ ޓީމަށް ތަށި މިލްކޮށްދީފަ އެވެ.

މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުހޯދި އާދަމަ ނިޒާމުއަށް ޓްރޮފީދެނީ-- ފޮޓޯ / ނިއަމި ފޮޓޯ
މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުހޯދި އާދަމް ނިޒާމުއަށް ޓްރޮފީދެނީ– ފޮޓޯ / ނިއަމި ފޮޓޯ

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ލިބުނީ ސޮނެވާފުށީ ޓީމުގެ އާދަމް ނިޒާމް (ކިތުނާ) އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ސޮނެވާގެ އަޒުމީން އަބްދުއްސައްތާރު ހޮވުނުއިރު، އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ރޯޔަލްގެ ނިހާދު ނާސިރު ހޮވުނުއިރު އެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކީ  ސޮނެވާގެ އިބްރާހިމް މާޖިދު އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކަށް ރޯޔަލުގެ މުހައްމަދު ރިޔާޒު ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ސޮނެވާފުއްޓެވެ.

މުބާރާތުގެ އެންމެ ރަނގަޅު ސަޕޯޓާސް ޓީމަކަށް ރޯޔަލް ހޮވުނު އިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރޯޔަލް ކޯޗު މޫސާ އިބްރާހިމް އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.