ތައުލީމީ މަރުކަޒުގައި ބެޑްމިންޓަން މުބާރާތެއް ބާއްވައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން މުބާރާތުގެ ތެރެއިން
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން މުބާރާތުގެ ތެރެއިން

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ މެދުގައި ފުރަތަމަ ފަހަރަށް ބެޑްމިންޓަން މުބާރާތެއް ބާއްވައިފި އެވެ.

ހުކުރު ދުވަހުން ފެށިގެން ރޭ ގެ ނިޔަލަށް އޭދަފުށީ ޔޫތު ސެންޓަރުގެ ބެޑްމިންޓަން ކޯޓްގައި ކުރިއަށް ދިޔަ މުބާރާތުގައި 60 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.

މި މުބާރާތުގެ އަންހެން ސިންގަލްސްގެ 9 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އާމިނަތު ސައުސާން އެވެ. އެއީ ފައިނަލުގައި މަރިޔަމް ސާތިއާ ވާދަކޮށް ދެ ސެޓު އެއް ސެޓުން މޮޅުވެގެންނެވެ. މި އުމުރުފަރައިގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު އަތޫފް ހޯދީ ފައިނަލުގައި ޝަޔާމް އަބްދުﷲ އަތުން 2-1 އިން މޮޅުވެގެންނެވެ.

މުބާރާތުގެ 12 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިޝަތު ދިފްލާ ހޯދީ ޒާޔާ ހަސަން އަތުން މޮޅުވެގެންނެވެ. މި ބައިގެ ފިރިހެން ޗެމްޕިއަންކަން މިފްޒާލް އަބްދުލްބާރީ ހޯދީ ފައިނަލުގައި މުހައްމަދު ސިޔާދު އަތުން މޮޅުވެގެންނެވެ.

14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ސަރާ އަބްދުއްސައްތާރު އެވެ. އެއީ ފައިނަލުގައި އައިޝަތު ތުހުފާ އަތުން މޮޅުވެގެންނެވެ. އަދި މި އުމުރުފުރާއިން ފިރިހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޝުއުބާން އަބްދުއްރަޝީދެވެ އެއީ ފައިނަލުގައި ޒައިން އަބްދުﷲ ޖަމީލް އަތުން މޮޅުވެގެންނެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އާއިޝަތު ނަފްހަތު ބަލިކޮށް ނިހާ މޫސާ ހޯދި އިރު ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އަލީ ނާއިލް ނިމާލު އެވެ. އެއީ ފައިނަލުގއި މުހައްމަދު މާހު އަތުން މޮޅުވެގެންނެވެ. އަދި 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ސާފީ މުހައްމަދު ހޯދީ ސައިފް މުހައްމަދު އަތުން 21-16 އަދި 21-14 އިން މޮޅުވެގެންނެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އައިޝަތު މާޔާ އަދި އައިޝަތު ތުހުފާގެ ޕެއާ ހޯދީ ހިނާ ހަމްދީ އަދި މަރިޔަމް ނަޖާގެ ޕެއާ އަތުން ސީދާ ދެސެޓުން މޮޅުވެގެންނެވެ. މި ބައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޒައިން އަބްދުﷲ ޖަމީލް އަދި މުހައްމަދު މާހިލްގެ ޕެއާއެވެ. އެއީ މުހައްމަދު ޝަޒާން އާއި އަހުމަދު ޝަހީދުގެ ޕެއާ އަތުން ސީދާ ދެސެޓުން މޮޅުވެގެންނެވެ.

16 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ފައިނަލުގައި މުހައްމަދު މާހު އަދި ނާއިލް ސައުދުﷲގެ ޕެއާ އަތުން ދެސެޓް އެއްސެޓުން މޮޅުވެ ޗެމްޕިއަން ހޯދީ ނަޝާދު އަބްދުލްވާހިދު އަދި އަލީ ނާއިލް ނިމާލްގެ ޕެއާއެވެ. އަދި 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަނަކީ ސާފީ މުހައްމަދު އާއި ޝައިފް މުހައްމަދުގެ ޕެއާ އެވެ. އެއީ ފައިނަލުގައި އަބްދުﷲ އައުޝާޒު އާއި މުހައްމަދު އަހުމަދު ނާޝިދުގެ ޕެއާ އަތުން ސީދާ ދެސެޓުން މޮޅުވެގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.