ބެލެނިވެރިންނަށް އިނގިރޭސި ދަސްކޮށް ދޭ ކުލާސްތަކެއް ފަށައިފި

ބެލެނިވެރިންނަށް ޕީޓީއޭއިން ފެށި އިނގިރޭސި ދަސްކޮށްދޭ ކުލާސްތަކުގައި ކިޔަވައިދެއްވަނީ.—ފޮޓޯ / ޕީޓީއޭ
ބެލެނިވެރިންނަށް ޕީޓީއޭއިން ފެށި އިނގިރޭސި ދަސްކޮށްދޭ ކުލާސްތަކުގައި ކިޔަވައިދެއްވަނީ.—ފޮޓޯ / ޕީޓީއޭ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ފަރާތުން އެ މަރުކަޒުގެ ބެލެނިވެރިންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކްލާސްތަކެއް ފަށައިފި އެވެ.

ޓީޗަރ ރިސޯސް ސެންޓަރ (ޓީއާރުސީ) އާ ގުޅިގެން އިއްޔެ ހަވީރު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފެށި މި ކުލާސްތަކަކީ ޕީޓީއޭގެ ފަރާތަުން މިއަހަރަށް ކަލަންޑަރު ކުރެވިފައިވާ ހަރަކާތްތަކުގެ ތެރެއިންފެށި ކްލާސްތަކެއް ކަމަށް ޕީޓީއޭގެ ނާއިބް ރައީސާ ރާނީ އަހުމަދު ނާޝިދު ވިދާޅުވި އެވެ.

”ބެލެނިވެރިންގެ ފަރާތުން ވަރަށްބޮޑު ސަޕޯޓެއް ލިބޭ މި ކްލާސްތަކަށް. ގާތްގަޑަކަށް 50 ހަކަށް ބެލެނިވެރިން މި ކްލާސްތަކުގައި ބައިވެރިވި. މިއަހަރު ބެލެނިވެރިންނަށް ހާއްސަކޮށްގެން އިތުރު ކުލާސްތައްވެސް ހިންގުމަށްވަނީ ކަލަންޑަރ ކުރެވިފައި،” ރާނީ ވިދާޅުވި އެވެ.

ބެލެނިވެރިންނަށް ޕީޓީއޭއިން ފެށި އިނގިރޭސި ދަސްކޮށްދޭ ކުލާސްތަކުގައި ކިޔަވައިދެއްވަނީ.—ފޮޓޯ / ޕީޓީއޭ
ބެލެނިވެރިންނަށް ޕީޓީއޭއިން ފެށި އިނގިރޭސި ދަސްކޮށްދޭ ކުލާސްތަކުގައި ކިޔަވައިދެއްވަނީ.—ފޮޓޯ / ޕީޓީއޭ

ޕީޓީއޭ އިން ބުނި ގޮތުގައި އެއް މަސްދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކުލާސްތަކުގައި ކިޔަވައިދެނީ ބ. ޓީއާރުސީގެ ޓީޗަރ އެޑިއުކޭޓަރު މުހައްމަދު އާރިފް އާއި ތައުލީމީ މަރުކަޒުގެ އިނގިރޭސި ކިޔަވައިދެއްވާ ބިދޭސީ ޓީޗުންނެވެ.

ޕީޓީއޭއިން އިތުރަށް ބުނީ ބެލެނިވެރިންނަށް އަސާސީ ކޮމްޕިއުޓަރު އަދި ހިސާބު ކުލާސްތަކެއް ވެސް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. .riza

    ބ.އަތޮޅު ތަޢްލީމީ މަރުކަޒުގެ ޕީޓީއޭ އިން އިސްނަގައިގެން ބެލެނިވެރިންނަށް އިގިރޭސި ބަސް ދަސްކޮށްދޭން ތިޔަފެށި މަސައްކަތައް ޕީޓީއޭގެ އެންމެހާ މެންބަރުންނަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަޅުގަޑު ބެލެނިވެރިންގެ ކިބައިން އެދޭ އެދުމަކީ ލިބުނުފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކުރިޔަށް ދިޔުމަށް ބުރަކޮށްމަސައްކަތް ކުރާށެވެ. ﷲ ހެޔޮރަހްމަތް ތިޔައެނަމެހާބެލެނިވެރިނަނަށް ލައްވާށި ، .އާމީން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.