އޭދަފުށީގައި މި ދުވަސްކޮޅު ވައިރަލް ހުމާއި، ހޭންޑް ފުޓް މައުތު ޑިޒީސް ކޮންމެވެސް ވަރަކަށް ފެތުރެމުންދާކަމަށާއި އެކަމަށް އާންމުން ހާއްސަ ސަމާލުކަމެއް ދިނުމަށް އޭދަފުށީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ މިދުވަސްވަރު މިރަށުގައި ތަފާތު ގިނަ ރޯގާތައް ފެތުރެމުންދާކަން ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ ބަލިން ސަލާމަތްވެ ތިބުމަށާއިބަލި ކޮންޓްރޯލް ކުރުމަށް އާންމުންނަށް ކުރެވިދާނެ ކަންތައްތައްކައުންސިލްގެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.
“މިރޯގާތަކަކީ ޚާއްޞަކޮށް ކުޑަކުދިންނަށްޖެހޭ ރޯގާތަކަކަށްވާތީ ޕްރީސްކޫލް ކުދިންގެ ބެލެނިވެރިން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ” ކައުންސިލުގެ އިއުލާނުގައިވެ އެވެ.
މީހުންއެއްވެއުޅޭ ތަންތަނަށް މިދުވަސްވަރު ކުޑަކުދިން ނުގެންދިއުމަށާއި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ސްކޫލަށް ކުދިން ނުފޮނުވުމަށާއި އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެ އެވެ.
ކައުންސިލް މެންބަރުންނަކީ އަބަދުވެސް ރެޑް އެލާރޓްގައި މަސައްކުރާ ބޭފުޅުންކޮޅެއް ، އެބޭފޫޅުންގެ ތެރެއަކުނެތް ޞީއްހީ ތަޖްރިބާ ކަރެއް، ސިދުގީ މެންނަށް އެއްވެސް ބަރުބަހެއް ބުނެގެންނުވާނެ، އެބޭފުޅުން ވަރަށް އިހްލަސްތެރިކަމާ އެކު ކައުންސިލްގެ ދަށުގައި މަސައްކަތްކުރި އެގޮތް ކަމުނުގޮސްގެން މިހާރު އެބޭފުޅުން އެތިއްބެވީ ސިވިލްސާވަންޓުންގެގޮތުގައި
ލޮލް
އަދި ކިރިޔާދޯ ކައުންސިލަށް ބަޔާންވެސް ނެރެން އެނގުނީ. ދެބައިކުޅަ އެއްބައިކުދިން ބަލިވެގެން ސްކޫލަށް ނުދާތާ އެތައްދުވަހެއް ވީފަހުން.
ކޮބާތަ އަތޮޅު ހޮސްޕިޓަލް ޕަބްލިކް ހެލްތު ޔުނިޓް. ކީއްތަ މި މީހުން ކުރަނީ އެންމެ ފަހުން މިކަމަށް ސަމާލުވާޏް ކައުންސިލުންނޭ ދޯ މި އެންގީ، ސިދުގީމެން އބަދު ފޭސްބުކަށް ފޮޓޯއެއް ލެވޭތޯ ބަލާނީ