ބ. އޭދަފުއްޓަށް ރެއާއި މިއަދު ވެހުނު ވާރޭ ފެނުގައި ނުސާފުކަމެއް ހުރެގެން އެ ފެން ބޭނުން ނުކުރުމަށް ރަށު ކައުންސިލުން އަންގައިފި އެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު “އީޓީ” އަށް މިއަދު ވިދާޅުވީ އަންގާރަ ދުވަހުގެ ރެއާއި މިއަދު މި ރަށަށް ވެހުނު ވާރޭގައި “ކަޅުކުލަ” ހުރެގެން އެކަމުގެ ރިޕޯޓްތައް އާއްމުންގެ ފަރާތުން ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އަދި އެގޮތަށް ކަޅުކުލަ ފެނުގައި ހުރެއްޖެނަމަ އެއީ ބޯން އަދި ކައްކަން ބޭނުންކުރަން ކަމުދާ ފެނެއް ނޫން ކަމަށް ޕަބްލިކް ހެލުތު ޔުނިޓުން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“ބައެއް ގޭގެ ތާނގީތައް ބެލިއިރު ފެން ވަރަށް ނުސާފު. އެހެންވެ ޕަބްލިކް ހެލްތުގެ ޔުނިޓްގެ ލަފާގެ މަތިން ރައްޔިތުންނަށް އެންގީ އެ ފެން ބޭނުން ނުކުރުމަށް،” އޭނާ ވިދާޅުވި އެވެ.
ބ. އަތޮޅު ޕަބްލިކް ހެލްތު ޔުނިޓުން ބުނީ ފެނުގައި އެއްވެސް ކުލައެއް ނުވަތަ ނުސާފުކަމެއް ހުރިނަމަ އެ ފެން ބޭނުން ނުކުރުމަށެވެ.
“މިކޮޅުން ފެން ޓެސްޓެއް ނުކުރެވޭނެ. ލެބޯޓްރީ ޓެސްޓްތައް ހެދުމަށްފަހު ނޫނީ އަޅުގަނޑުމެންނަކަށް ނުބުނެވޭނެ ތިއީ ސީދާ އެސިޑް ރެއިން (ކަޅުވާރޭ) އެކޭ. ނަމަވެސް ފެނުގައި ނުސާފު ކަމެއް ނުވަތަ ކަޅުކުލައިގަ ހުރިނަމަ އެ ފެން އެއްގޮތަކަށްވެސް ބޭނުން ނުކުރުމަށް އެދެން،” ސިދުގީ ވިދާޅުވި އެވެ.
މިރަށުތެރެއިން ވާހަކަ ދެއްކި މީހަކު ބުނީ ރޭ ފެން ނެގުމަށްފަހު ހެނދުނު ތާނގީ ބެލިއިރު ފެންގަޑު ހުރީ ކަޅުކޮށް އަދި ތެޔޮކޮށް ކަމަށެވެ. އަދި މިއަދު ވެހުނު ވިއްސާރައިގައި ނެގި ފެނުގައިވެސް ނުސާފުކަން ހުރެގެން އެ ފެންތައްވެސް ގޭގެއިން އުކާލާފައިވާ ކަމަށް އޭނާ ބުންޏެވެ.
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ގިނަ ގޭގެއިން ފެން ނެގި ނަމަވެސް ތާނގީތަކުގައި ހުރި ހުރިހާ ފެންތައް މިހާރު ވަނީ ގިނަ ގޭގެއިން އުކާލައިފަ އެވެ.
ފެން ޓެސްޓްކޮށް މިފެނުގެ ނަތީޖާ އާއްމު ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް. ޕަބްލިކް ހެލްތު ޔުނިޓަކީ މިފަދަ ކަންކަން ބަލާ، ކުރެވެންހުރި